Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:12 - ކިތާބުލް މުޤައްދަސާ

12 ދެން ފެސްތުސް އޭނާގެ މަޝްވަރާ ދާރުންނާއި ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ކަލޭ ތިޔަ އެދެނީ ރޯމުގެ ރަސްގެފާނަށް ތިޔަ މައްސަލަ ހުށައެޅުމަށް. ވީމާ ކަލޭގެ މައްސަލަ ދެން ހުށައެޅޭނީ ހަމަ ރޯމުގެ ރަސްގެފާނަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:12
17 ပူးပေါင်းရင်းမြစ်များ  

މިހެން ކަމުގައިވާނަމަ ކައިސަރަށް ޓެކްސް ދެއްކުމަކީ އަޅުގަނޑުމެންގެ ދީނީ އުސޫލުތަކާ ޚިލާފު ކަމެއްތަ؟ އަޅުގަނޑުމެން އެފަދައިން ޓެކްސް ދައްކަން ޖެހޭނެތަ؟ ނޫނީ ނުޖެހޭނެތަ؟⁠“


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.⁠“


މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ.


ނަމަވެސް ޕައުލް އެދުނީ އޭނާގެ މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު އަމުރުކުރީ އޭނާ ކައިސަރުގެ އަރިހަށް ފޮނުވެން ދެން މި ރަށުގެ ޖަލުގައި ބެހެއްޓުމަށް.⁠“


އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”⁠އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.⁠“


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


ރޯމުގައި ޕައުލް އަށް އަމިއްލަ ތާކު ހުރުމުގެ ހުއްދަ އޭނާއަށް އޮތެވެ. ނަމަވެސް ސިފައިންގެ މީހަކު އޭނާގެ ގާތުގައި އަބަދުވެސް ފޯރިމަރަމުން ދިޔައެވެ.


ޙަޤީޤަތަށް ބުނާނަމަ އަހަރެންގެ ޙަޔާތުގައި ލަދުވެތި ވާން ޖެހޭފަދަ އެއްވެސް ޢަމަލެއް ކޮށްފައިނުވާނެ ކަމުގައި ފުރިހަމަ އުންމީދާއެކު ބަލަބަލައި ހުރީމެވެ. އަހަރެން ދިރިހުރި ކަމުގައިވިޔަސް އަދި މަރުވެ ދިޔަ ނަމަވެސްމެއެވެ. އަބަދުވެސް އަހަރެންނަށް އެދެވެނީ ހިތްވަރާއެކު ކުރީގައި ވެސް ފަދައިން އީސާގެފާނަށްޓަކައި ވުމެވެ. އެއީ އީސާއަލްމަސީޙަށް އަހަރެންގެ ފަރާތުން ގެނެސްދޭނީ ޝަރަފުވެރިކަން ލިބޭނެ ކަމުގެ އިތުބާރާއެކުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ