Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:11 - ކިތާބުލް މުޤައްދަސާ

11 އަޅުގަނޑު އެއްވެސް ގަވާއިދަކާ ޚިލާފުވެ ކުށެއް ކޮށްފައިވާ ނަމަ އަދި އެ ކުށެއްގެ ސަބަބުން އަޅުގަނޑަށް މަރުގެ ޙުކުމް ލިބުން ޙައްޤު ނަމަ އަޅުގަނޑު އެކަމުން ރެކޭކަށް ނޫޅެން. ނަމަވެސް އެބައިމީހުން އަޅުގަނޑު އެކުއްވެރި ކުރާ އެއްވެސް ކަމަކީ ތެދަކަށް ނުވާ ހިނދު އަޅުގަނޑު އެއްވެސް މީހަކަށް އެމީހުންނަކާއި ހަވާލެއް ނުކުރެވޭނެ. އަޅުގަނޑު އެދެނީ މި މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:11
17 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”⁠އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.⁠“


ޕައުލް އޭނާގެ ދިފާއުގައި އެއްޗެއް ބުނަން ހަމަ އަނގަހުޅުވާލި ހިނދު ގާލިއޯ ޕައުލް ކުށްވެރި ކުރަމުން ދިޔަ މީހުންނާ ދިމާއަށް ބުންޏެވެ. ”⁠އޭ ބަނީއިސްރާއީލު މީހުންނޭ، ކަލޭމެން ތިޔަ މީހާ ތިޔަ ގެނައީ އޭނާ ކުރި ކުށެއް ނުވަތަ އެނޫން ވެސް އެހެން ނުބައިކަމެއްގެ ސަބަބުން ނަމަ ކަލޭމެން ބަނީއިސްރާއީލު މީހުންގެ ވާހަކަތައް އަހަރެން ޖެހޭނީ އަހާ އެ ކަމާދޭތެރޭ ބަލާށޭ.


ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”⁠ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟⁠“


މީގެ ޖަވާބުގައި ޕައުލް ދެންނެވިއެވެ. ”⁠އަޅުގަނޑު މިހިރީ ރޯމުގެ ރަސްގެފާނުގެ ދަށުން ހިނގާ ކޯޓެއްގަ. އަދި މިއީ އަޅުގަނޑުގެ ޝަރީއަތް ބެލެން ޖެހޭނެ ކޯޓު ވެސްމެ. ބަނީއިސްރާއީލު މީހުންނާއި ދެކޮޅަށް އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާ ކަން މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ.


ދެން ފެސްތުސް އޭނާގެ މަޝްވަރާ ދާރުންނާއި ވާހަކަ ދެއްކެވުމަށް ފަހު ވިދާޅުވިއެވެ. ”⁠ކަލޭ ތިޔަ އެދެނީ ރޯމުގެ ރަސްގެފާނަށް ތިޔަ މައްސަލަ ހުށައެޅުމަށް. ވީމާ ކަލޭގެ މައްސަލަ ދެން ހުށައެޅޭނީ ހަމަ ރޯމުގެ ރަސްގެފާނަށް.⁠“


ނަމަވެސް ޕައުލް އެދުނީ އޭނާގެ މައްސަލަ ރޯމުގެ ރަސްގެފާނަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު އަމުރުކުރީ އޭނާ ކައިސަރުގެ އަރިހަށް ފޮނުވެން ދެން މި ރަށުގެ ޖަލުގައި ބެހެއްޓުމަށް.⁠“


އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.


އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”⁠އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.⁠“


ނަމަވެސް ބަނީއިސްރާއީލުގެ ވެރިން މި ނިންމުމާއި ނުރުހުމުން އަޅުގަނޑު ނިންމީ ރޯމުގެ ރަސްގެފާނުގެ އަރިހަށް މި މައްސަލަ ހުށައަޅުމަށޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުގެ އަމިއްލަ މީހުންނާއި ދެކޮޅަށް މައްސަލަ ޖައްސާކަށެއް ނޫނޭ.


އެހެނީ އެ ބަނީއިސްރާއީލުން މާތްސާހިބާ އީސާގެފާނު ގަތުލު ކުރެއްވިއެވެ. އަދި ނަބީބޭކަލުން ވެސް މެއެވެ. އަދި އެބައިމީހުންގެ ޤައުމު ދޫކޮށް އަހަރެމެން ދިއުމަށް ވެސް އެބައިމީހުން މަޖުބޫރުކުރިއެވެ. އަދި އެބައި މީހުން ޚިޔާރު ކުރީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާނެ ގޮތެވެ. އަދި އެބައިމީހުން މުޅި އިންސާނީ ދަރިކޮޅާއި ދެކޮޅުވެރި ވެގަތެވެ.


ދާއޫދު ހިތަށް އަރައްޕެވެ. ”⁠މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ