Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:10 - ކިތާބުލް މުޤައްދަސާ

10 މީގެ ޖަވާބުގައި ޕައުލް ދެންނެވިއެވެ. ”⁠އަޅުގަނޑު މިހިރީ ރޯމުގެ ރަސްގެފާނުގެ ދަށުން ހިނގާ ކޯޓެއްގަ. އަދި މިއީ އަޅުގަނޑުގެ ޝަރީއަތް ބެލެން ޖެހޭނެ ކޯޓު ވެސްމެ. ބަނީއިސްރާއީލު މީހުންނާއި ދެކޮޅަށް އެއްވެސް އަމަލެއް އަޅުގަނޑު ކޮށްފައި ނުވާ ކަން މަނިކުފާނު ވެސް ރަނގަޅަށް ދެނެވަޑައިގެންވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:10
12 ပူးပေါင်းရင်းမြစ်များ  

ބޮޑުއިމާމުން އީސާގެފާނު އޭނާއާއި ޙަވާލު ކުރި ސަބަބަކީ އެބައިމީހުން އެކަލޭގެފާނާއި މެދު ޙަސަދަވެރި ވާތީ ކަން ޕިލާތުސްއަށް ރަނގަޅަށް އެނގެއެވެ.


ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


ދެން އެމީހުން އެ މައްސަލަ ބެލުމަށް މި ރަށަށް އައުމުން އަޅުގަނޑު ހަމަ އަނެއް ދުވަހު ޕައުލް އެމީހުންގެ ކުރިމައްޗަށް ހާޒިރު ކުރީން.


އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.


ގަވަރުނަރު ފެސްތުސް ޖެރޫސަލަމުގައި ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަހު ހުންނެވުމަށް ފަހު އެނބުރި ކައިސަރިޔާއަށް ވަޑައިގެންނެވިއެވެ. އަދި އަނެއް ދުވަހު ފެސްތުސް ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ޕައުލް ގެނައުމަށް އެންގިއެވެ.


އެމީހުން ދިއުމުގެ ކުރިން އެމީހުން އެންމެންމެ އެއްބަސްވެ އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާ އަކީ ޖަލަށް ލާންވި ނުވަތަ އޭނާއަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ އެއްވެސް ކުށެއް ކޮށްފައި ވާ މީހެއް ނޫން.⁠“


ރޯމުގެ ސަރުކާރުން ޝަރީއަތް ބަލާ އެމީހުންނަކަށް އަޅުގަނޑަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ ކުށެއް ނުފެނުނޭ. އެހެން ކަމުން އެމީހުން ގަސްތު ކުރީ އަޅުގަނޑު ދޫކޮށްލުމަށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ