Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 25:1 - ކިތާބުލް މުޤައްދަސާ

1 ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 25:1
9 ပူးပေါင်းရင်းမြစ်များ  

ދެން ޕައުލް ދަތުރުކޮށް ކައިސަރިޔާއަށް ގޮސް ޖެރޫސަލަމަށް ދިޔައެވެ. ދެން އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންނާ ބައްދަލު ކުރިއެވެ. އެއަށް ފަހު ޕައުލް ދަތުރުކޮށް ދިޔައީ ސޫރިޔާގެ އަންތީޔޮކުއަށެވެ.


ދެން އިރުކޮޅަކު އެ ރަށުގައި ތިބުމަށް ފަހު އަހަރެމެން ގެ އެއްޗިހިތައް އެއްކޮށް ތަންމަތިތައް ބަނދެގެން އަހަރެމެން އެ ރަށުން ފުރައިގެން ޖެރޫސަލަމަށް ދިއުމަށް ދަތުރު ފެށީމެވެ.


ގަވަރުނަރު ފެލިކުސް އެ ސިޓީ ވިދާޅުވުމަށް ފަހު ޕައުލް އަކީ ކޮން ރަށެއްގެ މީހެއްތޯ އަހާ ސުވާލު ކުރެއްވިއެވެ. އޭނާއަށް ޕައުލް އަކީ ވަރަށް ދުރު ރަށެއްކަމުގައިވާ ސިލީސިޔާގެ މީހެއްކަން އެނގުމުން ވިދާޅުވިއެވެ.


މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.


މީގެ ދުވަސްކޮޅެއް ފަހުން އަގިރިފާ ރަސްގެފާނާއި އެ ރަސްގެފާނުގެ އަންހެން ކޮއްކޯފުޅު ބެރެނީޒު ގަވަރުނަރު ފެސްތުސްގެ އަރިހަށް ތަހުނިޔާގެ ރަސްމީ ޒިޔާރަތްފުޅެއް ކުރެއްވިއެވެ.


މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”⁠ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް.


ވީމާ ކަލޭމެންގެ ތެރެއިން ބައެއް ވެރިން އަހަރެންނާއި އެކު ކައިސަރިޔާއަށް އައިސް އެ ރަށުގައި ޕައުލް އާއި މެދު ދަޢުވާކޮށް އޭނާ ކުށެއް ކޮށްފައި ވޭތޯ ބަލާ.⁠“


ގަވަރުނަރު ފެސްތުސް ޖެރޫސަލަމުގައި ހަފްތާއެއް ނުވަތަ ދިހަވަރަކަށް ދުވަހު ހުންނެވުމަށް ފަހު އެނބުރި ކައިސަރިޔާއަށް ވަޑައިގެންނެވިއެވެ. އަދި އަނެއް ދުވަހު ފެސްތުސް ފަނޑިޔާރުގެ ގޮނޑިކޮޅުގައި އިށީނދެވަޑައިގެން ޕައުލް ގެނައުމަށް އެންގިއެވެ.


އެ ހިނދު ފިލިޕު ވީ އަޒޯތުސް އޭ ކިޔުނު ރަށެއްގައެވެ. އޭނާ އީސާގެފާނާއި ބޭހޭ ހެޔޮޚަބަރުފުޅާއި އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދަތުރުކޮށް އެއް ރަށުން އަނެއް ރަށަށް ދިޔައެވެ. މި ގޮތުގެ މަތިން ދަތުރު ކުރަމުން ގޮސް އޭނާ ކައިސަރިޔާ އާއި ހަމައަށް ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ