މަންދޫބުންގެ މަސައްކަތް 24:6 - ކިތާބުލް މުޤައްދަސާ6 މީނާ ބައިތުލް މަޤްދިސް ވެސް ނުތާހިރު ކުރަން އުޅުނު. އަޅުގަނޑުމެން މީނާ ހައްޔަރު ކުރީ އެހެންވެ. { အခန်းကိုကြည့်ပါ။ |
އަޅުގަނޑު ބައިތުލް މަޤްދިސްގެ ތެރޭގައި އެއްވެސް މީހަކާއި ބަހުސެއްކޮށް ޒުވާބެއްކޮށް ހެދިތަނެއް އެއްވެސް މީހަކު ނުދެކޭނެ. އަދި އެމީހުންގެ ދީނީ މަރުކަޒުތަކުގައި ވެސް އަޅުގަނޑު މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެ ރަށުގެ މަގުތަކުގައި ވެސް އަޅުގަނޑު އެ ފަދަ ކަމެއް ނުކުރަން.
އަޅުގަނޑުމެން ގަސްތު ކުރީ މީނާއާއި މެދު އަޅުގަނޑުމެންގެ އަމިއްލަ ގަވާއިދާއި ޤާނޫނުގެ މަތިން ޝަރީއަތް ކުރުމަށް. ނަމަވެސް ކޮމާންޑަރު ލިސިޔާހު މީނާ ގަދަކަމުން އަޅުގަނޑުމެންގެ އަތުން އަތުލައިގެން ގެންދިޔަ. އަދި ކޮމާންޑަރު ލިސިޔާހު އަޅުގަނޑުމެންނަށް އެންގީ އަޅުގަނޑުމެން މީނާއާއި ދޭތެރޭ ކުރާ ޝަރީއަތް ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ހުށައެޅުމަށް.}