Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:3 - ކިތާބުލް މުޤައްދަސާ

3 މިހުރިހާ ކަމަކަށްޓަކައި އަޅުގަނޑުމެން ތިޔަބޭފުޅާއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:3
7 ပူးပေါင်းရင်းမြစ်များ  

އަޅުގަނޑު ވެސް މިކަންތައްތައް ހިނގާދިޔަ ގޮތް ވަރަށް ރަނގަޅަށް ހޯދާ ބަލައިފީމެވެ. ވީމާ މިހުރިހާ ކަމެއް ހިނގާދިޔަގޮތް ތަރުތީބުން ލިޔެ ތިޔަބޭފުޅާގެ ފަރާތްޕުޅަށް ފޮނުވުން އެއީ އަޅުގަނޑު ދެކެނީ ރަނގަޅު ކަމެއްގެ ގޮތުގައެވެ.


ޕައުލް ދަތުރު ކުރުމަށް ބޭނުންވާނެ އަސްތަކުގެ އިންތިޒާމު ވެސް ކުރޭ. އަދި އޭނާ ސަލާމަތްކަން މަތީ ގަވަރުނަރު ފެލިކުސްގެ އަރިހަށް ގެންދެވޭތޯ ކުރެވެން އޮތް ހާ މަސައްކަތެއް ކުރޭ.⁠“


”⁠ސިފައިންގެ ކޮމާންޑަރު ކުލާއުދިއުސް ލިސިޔާހުގެ ފަރާތުން، އިއްޒަތްތެރި ގަވަރުނަރު ފެލިކުސްގެ އަރިހަށް. ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.


އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ.


އެތަނަށް ޕައުލް ހާޒިރު ކުރެވުމުން ވަކީލު ތަރުތުލުސް އެމީހުން ޕައުލް އާއި މެދު ކުރަ ދަޢުވާ މި ފަދައިން ހުށައެޅިއެވެ. ”⁠އިއްޒަތްތެރި ގަވަރުނަރު ފެލިކުސް. ތިޔަބޭފުޅާގެ ވެރިކަމުގެ ދަށުން އަޅުގަނޑުމެންގެ ޤައުމުގެ ސުލްޙަ އާއި އަމާންކަން ވަނީ ފެތުރިފަ. އަދި ތިޔަބޭފުޅާގެ ވިސްނުންފުޅުގެ ދަށުން އަޅުގަނޑުމެންގެ ޤައުމަށް އެތައް ފައިދާ ހުރި ބަދަލުތަކެއް ވެސް ވަނީ ގެންނަވާފަ.


ތިޔަބޭފުޅާގެ އަގުހުރި ވަގުތު ނަގާލަކަށް އަޅުގަނޑު ނޭދެން. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅާގެ އަރިހުން އެދެނީ ދީލަތިކަމާއި އެކު އަޅުގަނޑުމެންގެ މި ކުޑަ ވާހަކަކޮޅު އަޑު އައްސަވާލަ ދެއްވުން.


ނަމަވެސް ޕައުލް ޖަވާބުގައި ބުންޏެވެ. ”⁠އިއްޒަތްތެރި ގަވަރުނަރު ފެސްތުސް. އަޅުގަނޑު މިހިރީ މޮޔަވެފައެއް ނޫން. އަޅުގަނޑު މި ދަންނަވަނީ ސާފު ސީދާ ތެދު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ