Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:27 - ކިތާބުލް މުޤައްދަސާ

27 މިހެން ގޮސް ދެ އަހަރު ދުވަސް ފާއިތުވެދިޔައެވެ. ދެން އެއަށް ފަހު ޕޮރުސިޔުސް ފެސްތުސް އެ ރަށުގެ ގަވަރުނަރު ކަމުގައި ކަނޑައެޅުނެވެ. އެކަމު ފެލިކުސް ބަނީއިސްރާއީލު ވެރިންގެ ރުހުން ހޯދުމަށްޓަކައި ޕައުލް ޖަލުގައި ބެހެއްޓިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:27
15 ပူးပေါင်းရင်းမြစ်များ  

މީހުން ކުރާތީއޭ ކިޔާފަ ގޯސްކަންތައް ނުކުރާތި. އެންމެން ނުރުހުނަސް އިންސާފަށް ހުރަސްނާޅާތި. އަދި ޝަރީއަތުގެ ކުރިމަތީގައި، ކަންހިނގިގޮތް ކިޔާނުދީ ނުހުންނާތި.


މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


އެއްވެފައިވާ މީސްތަކުންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ޕިލާތުސް ބަރައްބާސް މިނިވަން ކޮށްދިނުމަށް ފަހު އީސާގެފާނުގެ ހަށިކޮޅުގައި ޗާބޫކުން ތެޅުމަށް ބުނެ ސަލީބަށް އެރުމަށްޓަކައި ސިފައިންނާއި ޙަވާލު ކުރިއެވެ.


ޔާމިޒު ގަތުލު ކުރުމުން އެކަންތަކާ ބަނީއިސްރާއީލުގެ ބޮޑުން އުފާވެ ހިތްހަމަ ޖެހުނުކަން ހެރޮދުއަށް އެނގުމުން އޭނާ ޕަތަރަސް ވެސް ހައްޔަރު ކުރުމަށް އަމުރުކުރިއެވެ. އޭނާ ޕަތަރަސް ހައްޔަރު ކުރީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސްވަރުއެވެ.


”⁠ކަލެއާ ދޭތެރޭ ދަޢުވާކުރާ މީހުން އެމީހުންގެ ދަޢުވާ އަހަރެންނަށް ހުށައެޅިހާ އަވަހަކަށް އަހަރެން އެ ކަންތައް ބަލާނަން.⁠“ މިހެން ވިދާޅުވުމަށް ފަހު އޭނާ އަމުރުކުރެއްވީ ޕައުލް ހެރޮދުގެ ގަނޑުވަރުގެ ޖަލުގައި ބަންދު ކުރުމަށެވެ.


ފެސްތުސް ކައިސަރިޔާއަށް ވަޑައިގެން ގަވަރުނަރުކަމަށް އިސްކުރެވުނު ތާ ތިންވަނައަށް ވީ ދުވަހު އޭނާ ކައިސަރިޔާއިން ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


އެބޭފުޅުން އެ ރަށުގައި ދެތިން ދުވަހު މަޑު ކުރެއްވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު ގަވަރުނަރު ފެސްތުސް ޕައުލްގެ މައްސަލަ އާއި ބެހޭ ގޮތުން އަގިރިފާ ރަސްގެފާނާއި ވާހަކަދެއްކެވިއެވެ. ގަވަރުނަރު ފެސްތުސް ރަސްގެފާނަށް ދެންނެވިއެވެ. ”⁠މި ރަށުގެ ޖަލުގައި ގަވަރުނަރު ފެލިކުސް ހައްޔަރު ކުރެއްވި މީހަކު އެބަވޭ.


މީގެ ޖަވާބުގައި ގަވަރުނަރު ފެސްތުސް އެމީހުންނަށް ބުންޏެވެ. ”⁠ޕައުލް ވަނީ ކައިސަރިޔާގެ ޖަލުގަ. އަދި އަހަރެން ވެސް ވަރަށް އަވަހަށް އެނބުރި މި ދަނީ ކައިސަރިޔާއަށް.


ފެސްތުސް ވެސް ބަނީއިސްރާއީލު މީހުންގެ ރުހުން ހޯދުމުގެ ގޮތުން ޕައުލްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ކުރިމަތީގައި މި ކަންތައްތަކުގެ ޝަރީއަތް ބެލުމަށް ޖެރޫސަލަމަށް ދިއުމަށް ކަލޭ ގަބޫލު ތަ؟⁠“


އަގިރިފާ ރަސްގެފާނު ގަވަރުނަރު ފެސްތުސްއަށް ވިދާޅުވިއެވެ. ”⁠އޭނާ ކައިސަރުގެ އަރިހަށް އޭނާގެ މައްސަލަ ހުށައެޅުމަށް އެދިފައި ނުވިނަމަ ހަމަ މިއަދު ވެސް އޭނާ މިނިވަން ކުރެވުނީސް.⁠“


ދެން ދެ އަހަރު ދުވަސް ވަންދެން ޕައުލް ގެއެއް ކުއްޔަށް ހިފައިގެން ހުއްޓެވެ. އަދި އޭނާގެ ގެއަށް ޒިޔާރަތް ކުރި ކޮންމެ މީހަކަށް ވެސް އޭނާ އުފަލާއި އެކު މަރުހަބާ ކިޔެވެ.


އަހަރެންގެ އެދުމަކީ މީހުން އަހަރެންނަށް ރުހި ގަބޫލުވުމެއް ނޫނެވެ. އަހަރެން ބޭނުމީ މާތްރަސްކަލާނގެ ރުއްސެވުމެވެ. އަހަރެން މިއުޅެނީ މީހުންގެ ތާއީދު ހޯދަން ހެން ކަލޭމެންނަށް ހީވޭހެއްޔެވެ؟ ނޫނެކެވެ. މީހުންގެ ތާއީދު ހޯދަން އެދޭނަމަ ހަމަ ގައިމު ވެސް އަހަރެން އީސާ އަލްމަސީޙުގެ ޚާދިމަކަށް ނުވީމުހެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ