މަންދޫބުންގެ މަސައްކަތް 24:26 - ކިތާބުލް މުޤައްދަސާ26 ގަވަރުނަރު ފެލިކުސް އުންމީދުކޮށްގެން ހީކުރީ ޕައުލް އޭނާއަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭނެކަމަށެވެ. އެހެން ހީކޮށް އޭނާ ވަރަށް ގިނަ ފަހަރުމަތިން ވެސް ޕައުލް އާއި ބައްދަލު ކުރިއެވެ. အခန်းကိုကြည့်ပါ။ |
އެފަދަ ދޮގު އެދުރުން ދަހިވެތި ވާނީ ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމަށެވެ. އަދި ތިޔަބައިމީހުންނަށް ލިބިފައިވާ މުއްސަނދިކަމުގެ ފައިދާ ނާޖާއިޒު ގޮތުގައި އެބައިމީހުން ނަގާނީ ތިޔަބައިމީހުންނަށް ބުނެދޭ ދޮގު ބުނުންތަކުންނެވެ. ނަމަވެސް އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެފަދަ ފަރާތްތަކަށް ޙައްޤު ޖަޒާ ދެއްވުމަށް ވަނީ ނިންމަވާފައެވެ. އަދި އެބައިމީހުންގެ ނިމުން ވަނީ ކައިރީގައެވެ.
އަހަރެން މިހާރު މިހިރީ ކަލޭމެންގެ ކުރިމަތީގައި. އަހަރެން ކަލޭމެންގެ ވެރިއެއްގެ ގޮތުގައި ހުރި އިރު ތިއިން އެއްވެސް މީހަކަށް ދެރައެއް ދިނިންތަ؟ އެއްވެސް މީހެއްގެ ގެރިއެއް ހިމާރެއް ނެގިންތަ؟ އެއްވެސް މީހެއް އެދޭ ގޮތަކަށް ކަންތައް ނިންމައި ދިނުމަށް ރިޝްވަތެއް އަތުލާފައި ވާނެތަ؟ އެފަދަ ކަމެއް އަހަރެންގެ ފަރާތުން ކުރެވިފައި ވާނަމަ މާތްރަސްކަލާނގެއާއި ކަލޭމެންގެ އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނުގެ ހާޒިރުގައި އެވާހަކަ ބުނޭ. އޭރުން އަހަރެން އޭގެ ބަދަލު އަދާކޮށް ދޭނަން.“