Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:24 - ކިތާބުލް މުޤައްދަސާ

24 މީގެ ދެތިން ދުވަސް ފަހުން ގަވަރުނަރު ފެލިކުސް އޭނާގެ އަނބިކަނބަލުން ދުރުސިލާ ގޮވައިގެން އައެވެ. ދުރުސިލާ އަކީ ބަނީއިސްރާއީލު މީހެކެވެ. ފެލިކުސް އެންގެވީ ޕައުލް ގެނައުމަށެވެ. ޕައުލް އައިސް އަލްމަސީޙު އީސާގެފާނާއި ބެހޭ ގޮތުން ދެއްކި ހުރިހާ ވާހަކައެއް އަޑު އެއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:24
13 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު ދެކެ ހެރޮދު ބިރުގަނެއެވެ. ސަބަބަކީ ޔަޙުޔާގެފާނަކީ ހެޔޮލަފާ ޞާލިޙު ބޭކަލެއްކަން އޭނާއަށް އެނގޭތީއެވެ. ދެން އޭނާ އެކަލޭގެފާނަށް ރައްކާތެރިކަން ދިނެވެ. އެކަލޭގެފާނުގެ ބަސްފުޅު އަޑުއަހާ ކޮންމެފަހަރަކު އޭނާގެ ހިތަށް ނުހަނު އުނދަގޫވެއެވެ. ނަމަވެސް އޭނާ އެކަލޭގެފާނުގެ ބަސްތައް އަޑުއަހަން ބޭނުންވިއެވެ.


މީނާ އީސާގެފާނު ދުށުމަށް ވަރަށް ބޮޑަށް ބޭނުންވެ އެތަނަށް އައެވެ. ނަމަވެސް އެއްވެފައިވާ މީސްތަކުންގެ ގިނަކަމުންނާއި އަދި އޭނާއަކީ އިސްކޮޅުން ވެސް ކުރު މީހެއް ކަމުން މީސްތަކުންގެ ބޯތަކުގެ މަތިން އޭނާއަކަށް އީސާގެފާނު ފެންނަ ގޮތެއް ނުވިއެވެ.


އީސާގެފާނު ފެނުމުން ހެރޮދު ވަރަށް ބޮޑަށް އުފާކުރިއެވެ. އެއީ އޭނާ އީސާގެފާނާއި ބެހޭ ޚަބަރުތައް ވަރަށް ބޮޑަށް އަހާފައި ވުމާއިއެކު އެކަލޭގެފާނުގެ ފަރާތުން މުޢުޖިޒާތެއް ދުށުމުގެ އުންމީދުގައެވެ.


”⁠މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވޭ. އޭރުން ކަލެއަށް ދިންނެވުން ލިބޭނެ. އަދި ކަލޭގެ އާއިލާގެ އެންމެންނާ ކަލޭގެ ގޭގައިވާ އެންމެން ވެސް މިހެން ކަން ކުރުމުން އެމީހުންނާ ދޭތެރޭ ވެސް ހަމަ އެފަދައިން ކަންތައް ވާނެ.⁠“


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


ނަމަވެސް ޕައުލް ރަނގަޅަށް ސީދާ ކަން މަތީ އުޅުމާއި، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމާއި އަދި މާތްރަސްކަލާނގެ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ ދުވަހުގެ ވާހަކަ ބުނުމުން ފެލިކުސް ވަރަށް ބޮޑަށް ބިރުގަތެވެ. ދެން އޭނާ ޕައުލް އަށް ވިދާޅުވިއެވެ. ”⁠ދެން މި ވަގުތު ކަލޭ ދޭ. އެހެން ފަހަރަކުން އަހަންނަށް ވަގުތު ވީމާ އަހަރެން ކަލެއާއި ބައްދަލުވާނަން.⁠“


ނަމަވެސް މާތްރަސްކަލާނގެ އަޅުގަނޑު ރައްކާތެރިކުރެއްވި. އެންމެ މަތީ މީހުންނަށާ އަދި އެންމެ ދެރަ މީހުންނަށް ވެސް މިޚަބަރު ދިނުމަށްޓަކައި އަޅުގަނޑު ދުނިޔޭގައި ދިރި މިހިރީ އެހެން ކަމުން. އަޅުގަނޑު މީސްތަކުންނަށް އަންގައިދީ ކިޔާދެމުން މި ދަނީ ހަމަ މޫސާގެފާނާއި އަދި އެހެން ރަސޫލުންނާއި ނަބީބޭކަލުން ވެސް އެކަމެއް ވާނެކަމަށް އަންގަވާފައިވާ ކަމަކާ ބެހޭ ގޮތުން.


މިހާރު އަހަންނަކީ ކުރީގައި އުޅުނު މީހާއެއް ނޫން. އަހަރެންގެ ކިބައިގައި ދިރި މިވަނީ އީސާގެފާނު. އަހަރެން މިދިރިއުޅެނީ އެކަލޭގެފާނުގެ މައްޗަށް އޮތް އީމާންކަމެއްގެ ބާރުގައި. އެ ދިރިހުރުމަކީ އަހަރެން ދެކެ ނުހަނު ލޯބިފުޅުވާ މާތްކަލާނގެ ދަރިކަލުން އަހަންނަށްޓަކައި އެކަލޭގެފާނުގެ ފުރާނަފުޅު ޤުރުބާން ކުރައްވައިގެން ދެއްވި ދިރިހުރުމެއް.


އަހަރެން ކަލޭމެން ކުރެން ހަމައެކަނި އެންމެ ސުވާލެއް ކޮށްލަން ބޭނުމެވެ. އެއީ ކަލޭމެންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބުނީ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކަންތައް ކުރުމުން ނުވަތަ ކަލޭމެންނަށް ދަސްކޮށްދެވުނު ބަސްތައް އަހައި ގަބޫލު ކުރުމުން ހެއްޔެވެ؟ ޝައްކެއް ނެތި ހަމަ ޔަޤީނުން ވެސް ކަލޭމެންނަށް އެމާތްރޫޙުފުޅު ދެއްވީ އީސާގެފާނު ދެއްވި ދިންނެވުމާ ބެހޭ ހެޔޮޚަބަރުފުޅު ކަލޭމެން އަހައި ގަބޫލު ކުރުމުންނެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


މަގޭ ލޮބުވެތި ރަޙުމަތްތެރިންނޭވެ! އަހަރެމެން ޙިއްސާ ކުރަމުން މިގެންދާ ދިންނެވުމާއިމެދު ތިޔަބައިމީހުންނަށް ލިޔަން އަހަރެން ވަރަށް ޝައުޤުވެރިވަމެވެ. ނަމަވެސް މިކަމާއިގުޅިގެން އަހަރެން ތިޔަބައިމީހުންނަށް އެހެން ކަމަކާއި ބެހޭގޮތުން ލިޔަން ވެސް ބޭނުންވެއެވެ. އެއީ އަހަރެމެންގެ ޢަގީދާ ދިފާޢުކުރުމަށް ތިޔަބައިމީހުންގެ ކިބައިން އެދޭ އެދުމުގެ ވާހަކައެވެ. ބަދަލުވުމެއްނެތް ޙަޤީޤީ ރިސާލަތު މާތްކަލާނގެ މުޤައްދަސް ކުރެއްވި މީހުންނާ ހަވާލުކުރަނީ އެންމެ ފަހު ފަހަރަށެވެ.


މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުން ކެތްތެރިކަމާއެކު ދެމިތިބެން ޖެހޭނެއެވެ. މިފަދަ މީހުންނަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކަށް ކިޔަމަންތެރި ކަމުގައިވެ، އީސާގެފާނަށް އީމާންވެތިބޭ ބައެއް ވެސް މެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ