މަންދޫބުންގެ މަސައްކަތް 24:22 - ކިތާބުލް މުޤައްދަސާ22 ގަވަރުނަރު ފެލިކުސް އީސާގެފާނާއި އެކަލޭގެފާނު އެންގެވި ބަސްފުޅުތާކާ ބެހޭ ވާހަކަތަކުގެ ޚަބަރުތައް ވަނީ އައްސަވާ އޮޅުންފިލުއްވާފައެވެ. ދެން އޭނާ އެހިސާބުން މެދު ކަނޑާލާ ވިދާޅުވިއެވެ. ”ކޮމާންޑަރު ލިސިޔާހު އައުމުން އަހަރެން ކަލޭގެ ޝަރީއަތް ވަކި ގޮތަކަށް ނިންމާނަން.“ အခန်းကိုကြည့်ပါ။ |
ދެން ގަވަރުނަރު ފެލިކުސް އަތުން އިޝާރާތް ކުރައްވާ ޕައުލް އަށް ވާހަކަދެއްކުމަށް އެންގެވިއެވެ. ޕައުލް މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”ތިޔަބޭފުޅާއަކީ މި ސަރަހައްދުގެ ވެރިކަން ކުރައްވާތާ އެތަން އަހަރެއް ވެފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. އެހެން ކަމުން އަޅުގަނޑު ތިޔަބޭފުޅާގެ ކުރިފުޅުމަތީ އަޅުގަނޑުގެ ދިފާއު މި ހުށައަޅަނީ ޔަޤީންކަމާއި އެކުގަ.
އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.
ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ.
އޭނާ އުއްތަމަ އިމާމުގެ ކިބައިން އެދުނީ ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒުތަކުގެ ވެރިންނަށް ދެއްކުމަށްޓަކައި އުއްތަމަ އިމާމުގެ ފަރާތުން އޭގެން ކޮންމެ ތަނެއްގެ ވެރިއަކަށް ދޭނެ ސިޓީއަކަށެވެ. އެއީ އޭރުން އޭނާއަށް އީސާގެފާނު އެންގެވި މަގުން އުޅޭ އަންހެނަކަސް އަދި ފިރިހެނަކަސް ހައްޔަރުކޮށްގެން ޖެރޫސަލަމަށް ގެނައުމަށް ބާރު ހޯދުމަށްޓަކައެވެ.