މަންދޫބުންގެ މަސައްކަތް 24:18 - ކިތާބުލް މުޤައްދަސާ18 އަޅުގަނޑާއި މެދު ދަޢުވާކުރާ މީހުން ބައިތުލް މަޤްދިސްގައި އަޅުގަނޑު ސާފުތާހިރު ވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރަނިކޮށް ދެކޭނެ. އެތާކު އަޅުގަނޑުގެ ވަށައިގެން މީހުން އެއްވެފައެއް ނުވޭ. އަދި އެތާކު އެއްވެސް ހަމަނުޖެހުމަކާ ބަޣާވާތެއް ވެސް ނުހިނގާ. အခန်းကိုကြည့်ပါ။ |
އަހަރެމެންނަކީ ޕަރުތިޔާ އާއި، މާދީ އާއި، އެލާމު އާއި، މެސޮޕޮޓޭމިއާ އާއި، ޖުދެއާ އާއި، ކައްޕަދޯސިޔާ އާއި، ޕޮންތުސް އާއި، އޭޝިޔާ އާއި، ފަރީޖިޔާ އާއި، ޕަންފީލިޔާ އާއި، މިޞްރާއި، ލީބިޔާގެ ޒައިރީން އާއި، ރޯމު ކަރައިގެ ބަނީއިސްރާއީލު މީހުންނާއި އަދި އާ ބަނީއިސްރާއީލުންނާއި، ކުރޭތު އާއި އަރަބި ކަރާގެ މީހުން. އެކަމަކު މާތްރަސްކަލާނގެ ކުރައްވާފައިވާ މަތިވެރި ކަންތައްތަކުގެ ވާހަކަ އެމީހުން ދައްކާ އަޑު އަހަރެމެންނަށް މި އިވެނީ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން.“
މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ.
އަޅުގަނޑު ބައިތުލް މަޤްދިސްގެ ތެރޭގައި އެއްވެސް މީހަކާއި ބަހުސެއްކޮށް ޒުވާބެއްކޮށް ހެދިތަނެއް އެއްވެސް މީހަކު ނުދެކޭނެ. އަދި އެމީހުންގެ ދީނީ މަރުކަޒުތަކުގައި ވެސް އަޅުގަނޑު މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެ ރަށުގެ މަގުތަކުގައި ވެސް އަޅުގަނޑު އެ ފަދަ ކަމެއް ނުކުރަން.
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.