Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:17 - ކިތާބުލް މުޤައްދަސާ

17 ޖެރޫސަލަމުން ބޭރުގައި އެތައް އަހަރެއް ވުމަށް ފަހު އަޅުގަނޑު އެނބުރި ދިޔައީ އަޅުގަނޑުގެ މީސްތަކުންނަށް ފައިސާގެ އެހީވުމަށާއި އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށްޓަކައި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:17
14 ပူးပေါင်းရင်းမြစ်များ  

ޕައުލް ގަސްތު ކުރީ މި ފަހަރު އެފޭސުސްއަށް ނުދިއުމަށެވެ. އެއީ އިތުރަށް އޭޝިޔާގައި ދުވަސް ހޭދަ ނުކުރަން ވެގެންނެވެ. ޕައުލް ޖެރޫސަލަމަށް އެނބުރި އައުމަށް ވަނީ ނުތަނަވަސް ވެފައެވެ. އެއީ ގޮވާންކެނޑުމުގެ ޢީދު ފާހަގަ ކުރަންވާ އިރަށް ޖެރޫސަލަމަށް އާދެވޭތޯއެވެ.


އެހެންކަމުން އަހަރެން ބުނަން. ބަލައިގެން އުޅޭ. ކަލޭމެންގެ ގާތުގައި މި ވީ ތިން އަހަރު ދުވަހު އަހަރެން ސީދާ މަގުން ހިނގުމަށް ކެނޑިނޭޅި ކުރަމުން މިދިޔަ މަސައްކަތް ހަނދާން ބަހައްޓާ. އަދި ކަލޭމެންނަށްޓަކައި އެތައް ކަރުނައެއް ވެސް އަހަރެން އެޅިކަން ހަނދާން ކުރޭ.


ދެން ޕައުލް އެމީހުން ބުނި ގޮތާއި އެއްބަސްވެ، އެ ހަތަރު މީހުންނާއި އެކު އަނެއް ދުވަހު ބައިތުލް މަޤްދިސްއަށް ގޮސް، އެމީހުން ސާފުތާހިރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެމީހުންނާއި އެކު ބައިވެރިވިއެވެ. އަދި އެމީހުން މި ކަންތައްތައް ކޮށް ނިމޭދުވަހު އޭގެން ކޮންމެ މީހަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރާނެ ކަން ވެސް، ޕައުލް އެންމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އިޢުލާން ކުރިއެވެ.


ގަވަރުނަރު ފެލިކުސް އުންމީދުކޮށްގެން ހީކުރީ ޕައުލް އޭނާއަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭނެކަމަށެވެ. އެހެން ހީކޮށް އޭނާ ވަރަށް ގިނަ ފަހަރުމަތިން ވެސް ޕައުލް އާއި ބައްދަލު ކުރިއެވެ.


އެމީހުން އެދުނީ އެމީހުން ފަގީރުންނަށް އެހީވާ ފަދައިން އަހަރެމެން ވެސް ފަގީރުންނަށް އެހީވުމަށެވެ. އެކަންތައް އެފަދައިން ކުރުމަށް އަހަރެން ވެސް ހުރީ އެދިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ