15 މާތްރަސްކަލާނގެ އީމާންވެގެން ވީ މީހުންނާއި އަދި އީމާން ނުވާ މީހުން ވެސް މަރުވުމަށް ފަހު އަލުން ދިރުއްވާނެ ކަން ހަމަ އެމީހުންނެކޭ އެއް ފަދައިން އަޅުގަނޑު ވެސް ގަބޫލު ކުރަން.
އެއަށް ފަހު އީސާގެފާނު ވިދާޅުވިއެވެ. ”މިފަދަ މީހުން އަބަދުގެ އަބަދަށް ޢުޤޫބާތުގައި ދެމިގެންވާނެ. ނަމަވެސް މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބިގެންވާ ހުރިހާ އެންމެންނަށް ނިމުންނުވާ ޙަޔާތެއް ލިބިދޭނެ.“
އޭރުން ކަލެއަށް ރަޙުމަތް ލައްވާނެ. އެއީ އެމީހުންނަށް އޭގެ އަގު ދޭން ނުލިބުނު ކަމުގައި ވިޔަސް ޤިޔާމަތް ދުވަހުން މާތްރަސްކަލާނގެ ކިބަފުޅުން ބަރަކާތާއި އެކަލާނގެ ރުހިވޮޑިގަތުން ކަލެއަށް ލިބޭނެ.“
މަރުތާ ދެންނެވިއެވެ. ”އަޅުގަނޑަށް ވެސް އެނގޭ ޤިޔާމަތް ދުވަހުން އެހެން ވެސް މީހުންނާއެކު އޭނާ ވެސް އަލުން ދިރުއްވާނެކަން.“
އާއެކޭ. އަޅުގަނޑު އެ ކޯޓުގެ ކުރިމައްޗަށް ގެންދެވުމުން ވެސް އަޅުގަނޑު ބުނީން. ’ތިޔަބައިމީހުން މިއަދު އަހަރެން ތިޔަ ކުށްވެރިކުރަނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެއޭ ބުނެގެންނޭ.‘ އަޅުގަނޑު މިހެން ބުނިކަމަށް އަޅުގަނޑު އެއްބަސްވަން.“
އަދި ހުރިހާ ކަމެއް އެކަލޭގެފާނުގެ ކޮންޓްރޯލް ކުރައްވަމުން ގެންދަވާ ބާރުފުޅުން އެކަލޭގެފާނު އަހަރެމެންގެ މި ބަލިކަށި ހަށިތައް އެކަލޭގެފާނުގެ އުޖާލާ ހަށިކޮޅެކޭ އެއްފަދައިން ހައްދަވައި ދެއްވާނެއެވެ.