މަންދޫބުންގެ މަސައްކަތް 24:12 - ކިތާބުލް މުޤައްދަސާ12 އަޅުގަނޑު ބައިތުލް މަޤްދިސްގެ ތެރޭގައި އެއްވެސް މީހަކާއި ބަހުސެއްކޮށް ޒުވާބެއްކޮށް ހެދިތަނެއް އެއްވެސް މީހަކު ނުދެކޭނެ. އަދި އެމީހުންގެ ދީނީ މަރުކަޒުތަކުގައި ވެސް އަޅުގަނޑު މީސްތަކުންގެ ތެރޭގައި ހަމަނުޖެހުން އުފެދޭ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކަން. އަދި އެ ރަށުގެ މަގުތަކުގައި ވެސް އަޅުގަނޑު އެ ފަދަ ކަމެއް ނުކުރަން. အခန်းကိုကြည့်ပါ။ |
ޕައުލް މިހުރިހާ ތުހުމަތުތަކަކާ އިންކާރު ކޮށް އޭނާގެ އަމިއްލަ ދިފާއުގައި މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”އަޅުގަނޑު ބަނީއިސްރާއީލު މީހުންގެ ގަވާއިދުތަކާއި ދެކޮޅުވެ އަދި ބައިތުލް މަޤްދިސްގައި ކުރުން އެކަށީގެން ނުވާކަމެއް އަޅުގަނޑު ނުކުރަން. ނުވަތަ ރޯމުގެ ސަރުކާރާއި ދެކޮޅަށް ވިޔަސް އެއްވެސް ކަހަލަ ޚިލާފު ދެކޮޅުވެރިކަމެއް އަޅުގަނޑު ކޮށްފައެއް ނުވާނެ.“
ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.