Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:11 - ކިތާބުލް މުޤައްދަސާ

11 މީގެ ބާރަދުވަސް ކުރިން އަޅުގަނޑު ބައިތުލް މަޤްދިސްގައި އަޅުކަމުގެ ކަންތައްތައް ކުރުމަށް ޖެރޫސަލަމަށް އައިން. މިއީ ތެދެއް ކަން ތިޔަބޭފުޅާއަށް ވެސް ވަރަށް ފަސޭހައިން ހޯދިދާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:11
8 ပူးပေါင်းရင်းမြစ်များ  

އަނެއް ދުވަހު ޕައުލް އަހަރެމެން ގޮވައިގެން ދިޔައީ ޔާމިޒުއާއި ބައްދަލުވުމަށެވެ. އެތަނުގައި އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ބޮޑުން ވެސް ވިއެވެ.


އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.


މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“


ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”⁠ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.


މީގެ ފަސްވަނައަށް ވީ ދުވަހު އުއްތަމަ އިމާމު އަނާނިޔާހު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާ އަދި ތަރުތުލުސް އޭ ކިޔުނު ވަކީލަކު ގޮވައިގެން ކައިސަރިޔާއަށް އައެވެ. އެމީހުން ގަވަރުނަރު ފެލިކުސްގެ އަރިހަށް އައިސް ޕައުލް އާއި މެދު އެމީހުން ކުރާ ދަޢުވާ ހުށައެޅިއެވެ.


ޖެރޫސަލަމުން ބޭރުގައި އެތައް އަހަރެއް ވުމަށް ފަހު އަޅުގަނޑު އެނބުރި ދިޔައީ އަޅުގަނޑުގެ މީސްތަކުންނަށް ފައިސާގެ އެހީވުމަށާއި އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާން ކުރުމަށްޓަކައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ