Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 24:1 - ކިތާބުލް މުޤައްދަސާ

1 މީގެ ފަސްވަނައަށް ވީ ދުވަހު އުއްތަމަ އިމާމު އަނާނިޔާހު ބަނީއިސްރާއީލުގެ ބޮޑުންގެ ބަޔަކާ އަދި ތަރުތުލުސް އޭ ކިޔުނު ވަކީލަކު ގޮވައިގެން ކައިސަރިޔާއަށް އައެވެ. އެމީހުން ގަވަރުނަރު ފެލިކުސްގެ އަރިހަށް އައިސް ޕައުލް އާއި މެދު އެމީހުން ކުރާ ދަޢުވާ ހުށައެޅިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 24:1
15 ပူးပေါင်းရင်းမြစ်များ  

ދެން މި ބައްދަލުވުމަށް ވަކި ދުވަހެއް ކަނޑައަޅުނެވެ. އަދި އެ ކަނޑަ އެޅުނު ދުވަހު ހެރޮދު ރަސްގެފާނު އެ ރަސްގެފާނުގެ ޝާހީ ހެދުންކޮޅު ތުރުކުރައްވާ ވަޑައިގެން އެ ރަސްގެފާނުގެ ތަޚުތު ކޮޅުގައި އިށީނދެވަޑައިގެން އެމީހުންނާއި މުޚާޠަބު ކުރައްވާ ވާހަކަދެއްކެވިއެވެ.


ދެން މި ކަންތައްތައް ކުރަން ޖެހޭ ދުވަސްތައް ކަމަށްވާ ހަތްދުވަސް ނިމެން ކައިރިވެފައި ވަނިކޮށް އޭޝިޔާގެ ބަނީއިސްރާއީލު ބަޔަކަށް ޕައުލް ބައިތުލް މަޤްދިސްގެތެރެއިން ފެނުނެވެ. އެމީހުން މީސްތަކުން ޕައުލްއާއި ދެކޮޅު ކުރުވާ ހަމަނުޖެހުން އުފައްދާ ޕައުލް ހިފެހެއްޓިއެވެ.


ޕައުލް މިހެން ބުނި އަޑު ހަމަ އިވުމާއި އެކު އުއްތަމަ އިމާމު އަނާނިޔާހު ޕައުލްއާއި ކައިރީގައި ވީ މީހުންނަށް އޭނާގެ އަނގަމަތީގައި ޖެހުމަށް އެންގިއެވެ.


ޕައުލް ދަތުރު ކުރުމަށް ބޭނުންވާނެ އަސްތަކުގެ އިންތިޒާމު ވެސް ކުރޭ. އަދި އޭނާ ސަލާމަތްކަން މަތީ ގަވަރުނަރު ފެލިކުސްގެ އަރިހަށް ގެންދެވޭތޯ ކުރެވެން އޮތް ހާ މަސައްކަތެއް ކުރޭ.⁠“


އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“


އެމީހުން ކައިސަރިޔާއަށް ގޮސް ސިފައިންގެ ކޮމާންޑަރު ދެއްވި ސިޓީއާއި ޕައުލް ގަވަރުނަރު ފެލިކުސްގެ އަރިހަށް ރައްދު ކުރިއެވެ.


”⁠ކަލެއާ ދޭތެރޭ ދަޢުވާކުރާ މީހުން އެމީހުންގެ ދަޢުވާ އަހަރެންނަށް ހުށައެޅިހާ އަވަހަކަށް އަހަރެން އެ ކަންތައް ބަލާނަން.⁠“ މިހެން ވިދާޅުވުމަށް ފަހު އޭނާ އަމުރުކުރެއްވީ ޕައުލް ހެރޮދުގެ ގަނޑުވަރުގެ ޖަލުގައި ބަންދު ކުރުމަށެވެ.


މީގެ ބާރަދުވަސް ކުރިން އަޅުގަނޑު ބައިތުލް މަޤްދިސްގައި އަޅުކަމުގެ ކަންތައްތައް ކުރުމަށް ޖެރޫސަލަމަށް އައިން. މިއީ ތެދެއް ކަން ތިޔަބޭފުޅާއަށް ވެސް ވަރަށް ފަސޭހައިން ހޯދިދާނެ.


އެތަނަށް ޕައުލް ހާޒިރު ކުރެވުމުން ވަކީލު ތަރުތުލުސް އެމީހުން ޕައުލް އާއި މެދު ކުރަ ދަޢުވާ މި ފަދައިން ހުށައެޅިއެވެ. ”⁠އިއްޒަތްތެރި ގަވަރުނަރު ފެލިކުސް. ތިޔަބޭފުޅާގެ ވެރިކަމުގެ ދަށުން އަޅުގަނޑުމެންގެ ޤައުމުގެ ސުލްޙަ އާއި އަމާންކަން ވަނީ ފެތުރިފަ. އަދި ތިޔަބޭފުޅާގެ ވިސްނުންފުޅުގެ ދަށުން އަޅުގަނޑުމެންގެ ޤައުމަށް އެތައް ފައިދާ ހުރި ބަދަލުތަކެއް ވެސް ވަނީ ގެންނަވާފަ.


ދެން އަޅުގަނޑު ޖެރޫސަލަމަށް ކުރި ދަތުރުގައި އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ބޮޑު އިމާމުންނާއި އަދި އެމީހުންގެ ބޮޑުން އޭނާ ކުށްވެރިކޮށް މައްސަލަ ހުށައަޅާ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމަށް އަޅުގަނޑުގެ ކިބައިން އެދުނު.


އޭނާ އެ ރަށަށް ވަޑައިގަތުމާއި އެކު ބޮޑު އިމާމާއި ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި ބެހޭ ޝަރީއަތް އޭނާއަށް ހުށައަޅާ އެދުނީ ޕައުލް ޖެރޫސަލަމަށް ގެނައުމަށް ހުއްދަ ދެއްވުމަށެވެ. އެއީ އެމީހުން ތިބީ ޕައުލް ޖެރޫސަލަމަށް ގެނެވޭ މަގުމަތީ އޭނާ މަރާލުމަށް ރާވައިގެންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ