Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:9 - ކިތާބުލް މުޤައްދަސާ

9 އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”⁠މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:9
23 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ރުހިވޮޑިގަތުން ލިބުމުން އަދާވާތްތެރިން ވެސް އެމީހުނާ ސުލްޙަ ވެއެވެ.


ޓެކްސް ނަގާ މީހުންނާއި އަދި މި ފާފަވެރިންނާއި އެކުގައި އީސާގެފާނު ފަރީއްކުޅުވަމުން ގެންދަވާތަން ފެނިގެން ފަރީސީ މަޒުހަބުގެ ދަންނަ ބޭކަލުން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠މިފަދަ މީހުންނާއެކު އޭނާ އެއްސުފުރާ މަތީ ކައިބޮއި އެ ހަދަނީ ކީއްވެ؟⁠“


ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”⁠މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.⁠“


ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“


މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟⁠“


އެތަނަށް އެއްވެފައިވާ މީސްތަކުންނަށް އެއަޑުފުޅު އިވުމުން އެއްބަޔަކު ހީކުރީ ގުގުރައިގަތީ ކަމުގައެވެ. އަދި އަނެއްބަޔަކު ހީކުރީ މަލާއިކަތަކު އީސާގެފާނާ ވާހަކަދައްކަވަނީ ކަމުގައެވެ.


އަހަރެމެން ވެސް މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލު ކުރުމުން މާތްރަސްކަލާނގެ ހަމަ އަހަރެމެންނަށް ވެސް ދެއްވި ހަދިޔާ އެމީހުންނަށް ވެސް ދެއްވި. ވީއިރު އެކަމާއި ދެކޮޅަށް އަހަރެން ބުނާނީ ކީކޭ؟⁠“


އަޅުގަނޑު ދިމިޝްޤަށް ދިޔަމަގުމަތީ އެ ރަށާއި ވަރަށް ކައިރި ވެފައި ވަނިކޮށް އެއްދުވަހެއްގެ މެންދުރު ވަގުތު ވަރަށް ގަދަ އައްޔެއް އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ.


އަދި އަޅުގަނޑު ބިންމައްޗަށް ވެއްޓުނު. އެވަގުތު އަޅުގަނޑަށް އިވުނީ މި ފަދައިން ބުނެވުނު އަޑު. ’⁠އޭ ޝާއުލް، ޝާއުލް. ކަލޭ ތިމަންކަލޭގެފާނަށް އަނިޔާތައް ތިޔަ ދެނީ ކީއްވެ ހޭ؟⁠‘


އެމީހުންގެ ވާހަކަތަކުން އަޅުގަނޑަށް އޮޅުން ފިލީ ޕައުލް ކޮށްގެން އުޅޭ ކުށަކީ އެމީހުންގެ އަމިއްލަ ޤާނޫނާއި ބެހޭ ކަމެއް ކަމުގައެވެ. ނަމަވެސް އޭނާ ޖަލަށްލުމަށް، އަދި އޭނާ އަށް މަރުގެ ޙުކުމް ކުރާ ފަދަ އެއްވެސް ކުށެއް އޭނާ ކޮށްފައެއް ނުވާކަމެވެ.


މިހެން ކަންވީ ސަބަބަކީ ސާދުސީންނަކީ މީސްތަކުން މަރުވުމަށް ފަހު އަލުން ދިރޭނެކަން ގަބޫލު ކުރާ ބައެއް ނޫނެވެ. އަދި އެމީހުން މަލާއިކަތުން ވާ ކަމުގައި ވެސް ގަބޫލެއް ނުކުރެއެވެ. ރޫޙު ވެސް އެއީ ވާ އެއްޗެއް ކަމަކަށް ސާދުސީން ގަބޫލެއް ނުކުރެއެވެ. ނަމަވެސް ފަރީސީން މިހުރިހާ ކަމެއް ވެސް ގަބޫލު ކުރެއެވެ.


އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.


އެމީހުން ދިއުމުގެ ކުރިން އެމީހުން އެންމެންމެ އެއްބަސްވެ އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިމީހާ އަކީ ޖަލަށް ލާންވި ނުވަތަ އޭނާއަށް މަރުގެ ޙުކުމް ކުރަންވީ ވަރުގެ އެއްވެސް ކުށެއް ކޮށްފައި ވާ މީހެއް ނޫން.⁠“


އަހަރެން އީމާންވެ އަޅުކަން ކުރާ ކަލާނގެ ރޭގައި އެކަލާނގެ މަލާއިކަތަކު އަހަރެންގެ ގާތަށް ފޮނުއްވި.


ނަމަވެސް އެމީހުން އެ ކުރާ ކަންތައްތައް އެކުރަނީ މާތްރަސްކަލާނގެ އެންގެވި އެންގެވުމަށް ކަމުގައި ވަނީ ނަމަ ކަލޭމެންނަކަށް އެމީހުންނެއް ނުހުއްޓުވޭނެ. އަދި ކޮބާ އޭރުން ކަލޭމެންނަށް އެ އިދިކޮޅު ވެވެނީ މާތްރަސްކަލާނގެ ކިބަފުޅާއި މެދު ކަމުގައި ވެސް ވެދާނެ.⁠“


ޝާއުލް ބިންމައްޗަށް ވެއްޓުނެވެ. ދެން އޭނާއަށް އިވުނީ މިހެން ބުނާ އަޑެވެ. ”⁠ޝާއުލް، ޝާއުލް، އަހަންނަށް އަނިޔާ ދިނުމަށް ކަލޭ ތިޔަ އުޅެނީ ކީއްވެ؟⁠“


ދެން ޞަމޫއީލްގެފާނު އެމީހުން ގާތު ވިދާޅުވިއެވެ. ”⁠ކަލޭމެންނާ މެދު އަހަރެން ދެރަ ގޮތެއް ނަހަދައޭ ކަލޭމެން ތިޔަ ބުނަނީ މާތްރަސްކަލާނގެއާއި އެކަލާނގެ ހޮއްވަވާފައިވާ ރަސްގެފާނު ހެކިކޮށް ނޫންތަ؟⁠“ އެމީހުން ބުންޏެވެ. ”⁠އާނ! މާތްރަސްކަލާނގެ ހެކިކޮށް މިބުނަނީ.⁠“


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކަލެއަކީ އަހަންނަށް ވުރެން މާ ރަނގަޅު މީހެއް. ކަލޭ އަހަންނާމެދު ކަންތައް ކުރީ ރަނގަޅަށް. އެކަމަކު ކަލެއާ މެދު އަހަރެން ކަންކުރީ އިހާނާތްތެރި ގޮތުގައި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ