މަންދޫބުންގެ މަސައްކަތް 23:7 - ކިތާބުލް މުޤައްދަސާ7 ޕައުލް މިހެން ބުނުމާއި އެކު ސާދުސީންނާއި ފަރީސީނުގެ މެދުގައި ޒުވާބު އުފެދި މަޖިލީސް ދެބައި ވިއެވެ. အခန်းကိုကြည့်ပါ။ |
ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.“