މަންދޫބުންގެ މަސައްކަތް 23:35 - ކިތާބުލް މުޤައްދަސާ35 ”ކަލެއާ ދޭތެރޭ ދަޢުވާކުރާ މީހުން އެމީހުންގެ ދަޢުވާ އަހަރެންނަށް ހުށައެޅިހާ އަވަހަކަށް އަހަރެން އެ ކަންތައް ބަލާނަން.“ މިހެން ވިދާޅުވުމަށް ފަހު އޭނާ އަމުރުކުރެއްވީ ޕައުލް ހެރޮދުގެ ގަނޑުވަރުގެ ޖަލުގައި ބަންދު ކުރުމަށެވެ. အခန်းကိုကြည့်ပါ။ |
އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.
ކައިފާސްގެ ގެއިން ރޯމުގެ ގަވަރުނަރުގެ ގަނޑުވަރަށް އީސާގެފާނު ގެންދެވުނީ ފަތިހުއެވެ. ނަމަވެސް އީސާގެފާނާއި މެދު ދައުވާ ކުރުމަށް އައި މީހުން އެތާނގެ ތެރެއަކަށް ނުވަދެއެވެ. އެއީ އެތަނަށް ވަނުމުން އެމީހުން ނަޖިސް ވާނެތީއެވެ. އަދި އެކަމުގެ ސަބަބުން އެމީހުންނަށް ފަހަނަޅައި ދިއުމުގެ ޢީދުގެ ކެއުން ވެސް ކެއުން މަކުރޫހަ ވާނެތީއެވެ.
ދެން ގަވަރުނަރު ފެލިކުސް އަތުން އިޝާރާތް ކުރައްވާ ޕައުލް އަށް ވާހަކަދެއްކުމަށް އެންގެވިއެވެ. ޕައުލް މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”ތިޔަބޭފުޅާއަކީ މި ސަރަހައްދުގެ ވެރިކަން ކުރައްވާތާ އެތަން އަހަރެއް ވެފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. އެހެން ކަމުން އަޅުގަނޑު ތިޔަބޭފުޅާގެ ކުރިފުޅުމަތީ އަޅުގަނޑުގެ ދިފާއު މި ހުށައަޅަނީ ޔަޤީންކަމާއި އެކުގަ.
ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.‘