Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:30 - ކިތާބުލް މުޤައްދަސާ

30 އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:30
11 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ތިޔަބައިމީހުން އެއްވެސް އެހެން ކަލާނގެއަކަށް ޤުރުބާން ކޮށް ހުށައެޅިފައި ވާ ކާއެއްޗެއް ކައިގެން ނުވާނެއެވެ. އަދި ތިޔަބައިމީހުން ޖަނަވާރެއްގެ ލޭ ކެއުމަށް ބޭނުންކޮށްގެން ނުވާނެއެވެ. އަދި ކަރުއަނބުރާ މަރާލެވިފައިވާ އެއްވެސް ޖަނަވާރެއްގެ މަސް ވެސް ކައިގެންނުވާނެއެވެ. އަދި ޖިންސީ ފާފައެއް ކޮށްގެން ނުވާނެއެވެ. މި ފަދައިން ތިޔަބައިމީހުން ކަން ކުރަނީނަމަ ތިޔަބައިމީހުންގެ ދިރިއުޅުން ރަނގަޅުވެ ރަޙުމަތްލެއްވޭނެއެވެ. ތިޔަ އެންމެންނަށް އަހަރެމެންގެ ފަރާތުން ހެޔޮއެދުން ފޮނުވަމެވެ.


އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ.


އޭނާ ޖަވާބު ދިނެވެ. ”⁠ބަނީއިސްރާއީލު މީހުން ރާވަނީ މާދަމާ ޕައުލް އެމީހުންގެ ދީނީކޯޓަށް ގެންދިއުމަށް ތިޔަބޭފުޅާގެ އަރިހުން ހުއްދައަށް އެދުމަށް. އެމީހުންގެ ބޭނުމަކީ އެމީހުން ޕައުލްއާއި އިތުރު ސުވާލުތައް ކޮށް އޭނާގެ ޝަރީއަތް ރަނގަޅަށް ބެލުމަށް އެދޭ ކަމަށް ތިޔަބޭފުޅާ ހީފުޅު ކުރުން.


ދެން އެރޭ އަންގާފައި އޮތް ގޮތުގެ މަތިން ސިފައިން ޕައުލް އަންތިޕަތުރިސް އާއި ހަމައަށް ގެންދިޔައެވެ.


”⁠ކަލެއާ ދޭތެރޭ ދަޢުވާކުރާ މީހުން އެމީހުންގެ ދަޢުވާ އަހަރެންނަށް ހުށައެޅިހާ އަވަހަކަށް އަހަރެން އެ ކަންތައް ބަލާނަން.⁠“ މިހެން ވިދާޅުވުމަށް ފަހު އޭނާ އަމުރުކުރެއްވީ ޕައުލް ހެރޮދުގެ ގަނޑުވަރުގެ ޖަލުގައި ބަންދު ކުރުމަށެވެ.


އޭރު އެތާނގައި ތިބި ބައެއް އޭޝިޔާގެ ސަރަހައްދުގެ ބަނީއިސްރާއީލު ބަޔަކު ވި. އަޅުގަނޑު އެއްވެސް ނަހަމަ ކަމެއް ކުރިނަމަ އަޅުގަނޑާ ދޭތެރޭ ދަޢުވާ ކުރަން ވާނީ އެމީހުން. އަދި އެމީހުން ދަޢުވާ ކުރަން ބޭނުން ނަމަ ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ދަޢުވާ ހުށައެޅުމަށް ވެސް އަންނަން ވާނީ ހަމަ އެމީހުން.


ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’⁠ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.⁠‘


ނަމަވެސް ޝާއުލް އަށް މިމީހުންގެ ރޭވުމުގެ ޚަބަރު ލިބިއްޖެއެވެ. އަދި އެމީހުން އެ ރަށުގެ ރަށްބޭރު ދޮރާށީގައި ރެޔާދުވާލު ފާރަލާ ޝާއުލް މަރާލާނެ ފުރުސަތެއްގެ އިންތިޒާރުގައި ވާކަން ވެސް އޭނާ އަށް އެނގިއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ