Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:28 - ކިތާބުލް މުޤައްދަސާ

28 އަޅުގަނޑު އެމީހުން އޭނާ އެ ކުށްވެރިކުރަނީ ކޮން ކަމަކު ތޯ ރަނގަޅަށް ބަލާ އޮޅުންފިލުވުމަށްޓަކައި އެމީހުންގެ ދީނީކޯޓުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:28
4 ပူးပေါင်းရင်းမြစ်များ  

އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ