މަންދޫބުންގެ މަސައްކަތް 23:24 - ކިތާބުލް މުޤައްދަސާ24 ޕައުލް ދަތުރު ކުރުމަށް ބޭނުންވާނެ އަސްތަކުގެ އިންތިޒާމު ވެސް ކުރޭ. އަދި އޭނާ ސަލާމަތްކަން މަތީ ގަވަރުނަރު ފެލިކުސްގެ އަރިހަށް ގެންދެވޭތޯ ކުރެވެން އޮތް ހާ މަސައްކަތެއް ކުރޭ.“ အခန်းကိုကြည့်ပါ။ |
ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.
ދެން ގަވަރުނަރު ފެލިކުސް އަތުން އިޝާރާތް ކުރައްވާ ޕައުލް އަށް ވާހަކަދެއްކުމަށް އެންގެވިއެވެ. ޕައުލް މި ފަދައިން ބުނެ ވާހަކަދެއްކިއެވެ. ”ތިޔަބޭފުޅާއަކީ މި ސަރަހައްދުގެ ވެރިކަން ކުރައްވާތާ އެތަން އަހަރެއް ވެފައިވާ ބޭފުޅެއްކަން އަޅުގަނޑަށް އެނގޭ. އެހެން ކަމުން އަޅުގަނޑު ތިޔަބޭފުޅާގެ ކުރިފުޅުމަތީ އަޅުގަނޑުގެ ދިފާއު މި ހުށައަޅަނީ ޔަޤީންކަމާއި އެކުގަ.
އެބޭފުޅުން އެ ރަށުގައި ދެތިން ދުވަހު މަޑު ކުރެއްވިއެވެ. އޭގެ ތެރެއިން އެއްދުވަހަކު ގަވަރުނަރު ފެސްތުސް ޕައުލްގެ މައްސަލަ އާއި ބެހޭ ގޮތުން އަގިރިފާ ރަސްގެފާނާއި ވާހަކަދެއްކެވިއެވެ. ގަވަރުނަރު ފެސްތުސް ރަސްގެފާނަށް ދެންނެވިއެވެ. ”މި ރަށުގެ ޖަލުގައި ގަވަރުނަރު ފެލިކުސް ހައްޔަރު ކުރެއްވި މީހަކު އެބަވޭ.