މަންދޫބުންގެ މަސައްކަތް 23:23 - ކިތާބުލް މުޤައްދަސާ23 ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ. အခန်းကိုကြည့်ပါ။ |
އަޅުގަނޑުމެން ގަސްތު ކުރީ މީނާއާއި މެދު އަޅުގަނޑުމެންގެ އަމިއްލަ ގަވާއިދާއި ޤާނޫނުގެ މަތިން ޝަރީއަތް ކުރުމަށް. ނަމަވެސް ކޮމާންޑަރު ލިސިޔާހު މީނާ ގަދަކަމުން އަޅުގަނޑުމެންގެ އަތުން އަތުލައިގެން ގެންދިޔަ. އަދި ކޮމާންޑަރު ލިސިޔާހު އަޅުގަނޑުމެންނަށް އެންގީ އަޅުގަނޑުމެން މީނާއާއި ދޭތެރޭ ކުރާ ޝަރީއަތް ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ހުށައެޅުމަށް.}