Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:20 - ކިތާބުލް މުޤައްދަސާ

20 އޭނާ ޖަވާބު ދިނެވެ. ”⁠ބަނީއިސްރާއީލު މީހުން ރާވަނީ މާދަމާ ޕައުލް އެމީހުންގެ ދީނީކޯޓަށް ގެންދިއުމަށް ތިޔަބޭފުޅާގެ އަރިހުން ހުއްދައަށް އެދުމަށް. އެމީހުންގެ ބޭނުމަކީ އެމީހުން ޕައުލްއާއި އިތުރު ސުވާލުތައް ކޮށް އޭނާގެ ޝަރީއަތް ރަނގަޅަށް ބެލުމަށް އެދޭ ކަމަށް ތިޔަބޭފުޅާ ހީފުޅު ކުރުން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:20
8 ပူးပေါင်းရင်းမြစ်များ  

އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


ކޮމާންޑަރު އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ސުވާލު ކުރެއްވިއެވެ. ”⁠ކަލޭ ބުނަން ބޭނުން ވާހަކަޔަކީ ކޮބާ؟⁠“


އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“


ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”⁠އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ