Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:18 - ކިތާބުލް މުޤައްދަސާ

18 ދެން މި އޮފިސަރު ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖާ ކޮމާންޑަރުގެ އަރިހަށް ގެންގޮސްފައި ދެންނެވިއެވެ. ”⁠ކުށްވެރިޔާ ޕައުލް އެދެނީ މީނާ ތިޔަބޭފުޅާގެ އަރިހަށް ގެންގޮސް ދިނުމަށް. ޕައުލް ބުނަނީ މީނާ ތިޔަބޭފުޅާއަށް ދެއްވަން ބޭނުން ޚާއްސަ ޚަބަރެއް ވާކަމުގަ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:18
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ޝަމްއޫނު، އަހަރެން ކަލޭ ކައިރީގައި ބުނަން އޮތް ވާހަކައެއް އެބައޮތް.⁠“ ޝަމްއޫނު ޖަވާބުގައި ބުންޏެވެ. ”⁠އެދުރުކަލޭގެފާނު އަވަހަށް ވިދާޅުވެ ދެއްވާ.⁠“


ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.


މެންދަމު ޕައުލް އާއި ސިލާހު ދުޢާ ކޮށް ހަމްދާ ސަނާގެ ލަވަތައް ކިޔަމުން ދިޔައެވެ. ޖަލުގައި ވާ އެހެން މީހުން އަޑު އަހަން ތިއްބެވެ.


ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”⁠މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.⁠“


ކޮމާންޑަރު އޭނާގެ އަތުގައި ހިފައިގެން ދުރަށް ގެންގޮސް ސުވާލު ކުރެއްވިއެވެ. ”⁠ކަލޭ ބުނަން ބޭނުން ވާހަކަޔަކީ ކޮބާ؟⁠“


ދެން އިޓަލީ ވިލާތަށް ދިއުމުގެ ވަގުތު ޖެހުމުން ޕައުލް އާއި އަދި އެހެން ވެސް ކުށްވެރިން ރޯމު ރަސްގެފާނުގެ ޚާއްސަ ލަޝްކަރުގެ އޮފިސަރެއް ކަމުގައި ވީ ޖޫލިޔުސްއޭ ކިޔުނު މީހަކާއި ހަވާލު ކުރެވުނެވެ.


ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.


އަހަރެން ގައިދީއެއްގެ ގޮތުގައި ޖަލުގައި ހައްޔަރުވެފައި މިވަނީ އީސާ އަލްމަސީޙުގެ ސަބަބުންނެވެ. އެއީ އެކަލޭގެފާނާއި ބެހޭ ދިންނެވުން ލިބިދޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު ދަރިކޮޅު ނޫން ފަރާތްތައް ކަމުގައިވާ ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން ގެންދާތީވެއެވެ.


މާތްރަސްކަލާނގެ ޚިޔާރު ކުރެއްވި އެކަލާނގެ މީސްތަކުންފަދައިން އެދެވޭ ގޮތުގައި ޙަޔާތާއިގެން ކުރިއަށް ދިއުމަށް މާތްސާހިބާގެ ގައިދީއެއްގެ ގޮތުން އަހަރެން ތިޔަބައިމީހުންނަށް އިލްތިމާސް ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ