17 ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.“
ވިސްނާ ހުންނަ މީހާއަށް ނުރައްކާ އަންނަން އުޅޭކަން އެނގި އެކަމަށް ތައްޔާރުވެއެވެ. ޖާހިލު މީހާ ލޯ މަރައިގެންގޮސް އެ ނުރައްކަލުގެ ތެރެއަށް ވަދެގަނެއެވެ.
”އަޑުއަހާ! އަހަރެން ތިޔަބައިމީހުން މި ފޮނުވަނީ ވަލު ކުއްތާތަކެއްގެ ތެރެއަށް ކަންބަޅިތަކެއް ފޮނުވާ ފަދައިން. ވީމާ ހަރުފައެއް ފަދައިން ހުޝިޔާރު ވެ، އަދި ކުދި ކޮތަރެއް ފަދަ ނިޔަނެތި ބައެއްގެ ގޮތުގައިވޭ.
ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.
މި އޮފިސަރު ސިފައިންގެ ކޮމާންޑަރުގެ ގާތަށް ގޮސް ބުންޏެވެ. ”ތިޔަ ކުރައްވަން އުޅެނީ ކޮން ފަދަ ކަމެއް ތޯ؟ މިމީހާއަކީ ރޯމުސަރުކާރުގެ ރައްޔިތެއް.“
ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ.
ދެން މި އޮފިސަރު ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖާ ކޮމާންޑަރުގެ އަރިހަށް ގެންގޮސްފައި ދެންނެވިއެވެ. ”ކުށްވެރިޔާ ޕައުލް އެދެނީ މީނާ ތިޔަބޭފުޅާގެ އަރިހަށް ގެންގޮސް ދިނުމަށް. ޕައުލް ބުނަނީ މީނާ ތިޔަބޭފުޅާއަށް ދެއްވަން ބޭނުން ޚާއްސަ ޚަބަރެއް ވާކަމުގަ.“
ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.