Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:16 - ކިތާބުލް މުޤައްދަސާ

16 ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:16
12 ပူးပေါင်းရင်းမြစ်များ  

އަބިޔާތަރު އިމާމުގެ ދަރި ޔޫނަތައިން އާއި ސާދޫގުގެ ދަރި އަޚީމައަޒް ގޮސް ހަދާ ގޮތަކީ ޢައިނި ރޫޖަލްއަވަށުގެ އޮހޭފެންގަޑުގެ ކާރީގައި މަޑުކޮށްލައިގެން ތިބެނީއެވެ. އެއީ އެމީހުން ސަހަރު ތެރެއަށް ވަންނަތަން މީހަކަށް ފެނިދާނެތީއެވެ. ދެން އެ ފެންގަނޑު ދޮށަށް ދާ ނޯކަރު އަންހެން ކުއްޖަކު ލައްވާ ދާއޫދުގެފާނަށް ދަންނަވަންވާ ވާހަކައެއް އެކުއްޖާލައްވާ އަންގަމުން ގެންދަނީއެވެ. ޔޫނަތައިންއާއި އަޚީމައަސް ދާއޫދުގެފާނަށް މި ހުރިހާ ރޭވުމެއްގެ ޚަބަރު މިގޮތުން ފޯރުކޮށްދެމުން ގެންދިޔައެވެ.


އިންސާނާގެ ޙިކުމަތާއި ތަދުބީރަކުން މާތްރަސްކަލާނގެ ނިންމަވާ ކަމަކަށް ހުރަހެއް ނޭޅޭނެއެވެ.


ތެދުވެރިޔާގެ ގެއިން ވައްކަން ކުރަން ވަންނަން ނުދާށެވެ. ޞާލިޙު މީހާގެ ގެއަށް ވަދެގަނެ އެގޭގެ ހުރުމަތް ނުކަނޑާށެވެ.


އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްބަޔަކު އެކައްޗެކޭ އަދި އަނެއްބަޔަކު އަނެކައްޗެކޭ ކިޔާ ހަޅޭލަވަންފެށިއެވެ. މީސްތަކުންގެ ހަޅޭކުގެ ސަބަބުން ސިފައިންގެ ކޮމާންޑަރަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލުމުން އޭނާ އެންގީ ޕައުލް ސިފައިން ގެއަށް ގެންދިއުމަށެވެ.


ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”⁠މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.⁠“


އަދި އަނެއްދުވަހުގެ ހެނދުނު ފައިމަގުގެ ސިފައިން އެނބުރި ސިފައިންގެ ކޮއްޓަށް ދިޔައެވެ. ދެން އެހިސާބުން އަހުގެ ސިފައިން ޕައުލް ގޮވައިގެން ކައިސަރިޔާއަށް ދަތުރު ކުރިއެވެ.


ދެން ގަވަރުނަރު ފެލިކުސް ޕައުލް ބެލެހެއްޓުމާއި ހަވާލުވެ ހުރި ސިފައިންގެ ގާޑަށް އެންގީ ޕައުލް ރަނގަޅަށް ބެލެހެއްޓުމަށެވެ. ނަމަވެސް އޭނާއަށް ވަކި ވަރަކަށް މިނިވަންކަންދީ އަދި އޭނާގެ ރައްޓެހިން އޭނާއަށް ބޭނުން އެއްޗެއް ގެނެސް ދިނުމުގެ ހުއްދަ ވެސް ދިނުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ