Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:14 - ކިތާބުލް މުޤައްދަސާ

14 ދެން މިމީހުން ބޮޑު އިމާމާއި ބޮޑުންގެ ގާތަށް ގޮސް އެމީހުންގެ މި ނިންމުމުގެ ވާހަކަ އެމީހުންނަށް އަންގައިދިނެވެ. އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަށް ހުވާކޮށްފީން.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:14
10 ပူးပေါင်းရင်းမြစ်များ  

އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ.


މިމީހުންގެ އަދަދު ސާޅީހަށް ވުރެ ވެސް ގިނަ ކަމުގައި ވިއެވެ.


އޭނާ ޖަވާބު ދިނެވެ. ”⁠ބަނީއިސްރާއީލު މީހުން ރާވަނީ މާދަމާ ޕައުލް އެމީހުންގެ ދީނީކޯޓަށް ގެންދިއުމަށް ތިޔަބޭފުޅާގެ އަރިހުން ހުއްދައަށް އެދުމަށް. އެމީހުންގެ ބޭނުމަކީ އެމީހުން ޕައުލްއާއި އިތުރު ސުވާލުތައް ކޮށް އޭނާގެ ޝަރީއަތް ރަނގަޅަށް ބެލުމަށް އެދޭ ކަމަށް ތިޔަބޭފުޅާ ހީފުޅު ކުރުން.


ނަމަވެސް ތިޔަބޭފުޅާ ޕައުލް އެމީހުންގެ ދީނީކޯޓަށް ފޮނުވުމަށް އެއްބަސްވެ ވަޑައިނުގަންނަވާތި. ސާޅީހަށް ވުރެ ގިނަ ފިރިހެނުން ޕައުލް ގެންދެވޭނެ މަގުގައި އޭނާ މަރާލުމަށް ފިލާ އެބަ ތިބި. އެއީ މި ސާޅީސް ފިރިހެނުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަމަށް ހުވާކޮށްފި. އެމީހުން ތިބީ ތިޔަބޭފުޅާ އެމީހުން އެދޭ ފަދައިން ޕައުލް މާދަމާ އެމީހުންގެ ދީނީކޯޓަށް ފޮނުވާނެ ކަމަށް ހީކޮށް ހުރިހާކަމެއް ތައްޔާރު ކޮށްގެން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ