Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:12 - ކިތާބުލް މުޤައްދަސާ

12 އަނެއްދުވަހު ހެނދުނު ބަނީއިސްރާއީލުގެ ފިރިހެނުންތަކެއް އެއްވެ ހުވާކުރީ އެމީހުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާނެކަމުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:12
33 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނާއި ދިމާއަށް ވަޑައިގަންނަވަމުން ގެންދެވިތަން ދުރުން އެބައިމީހުންނަށް ފެނި އެކަލޭގެފާނު އަވަހާރަކޮށްލެއްވުމަށް ރޭވުންތައް ރާވަމުން ގެންދިޔައެވެ.


އަދި ސިއްރިއްޔާތުގައި އީސާގެފާނު ހައްޔަރުކޮށް އަވަހާރަ ކޮށްލެވޭނޭ ގޮތަކާއި މެދު ރޭވިއެވެ.


ޕަތަރަސް ބުންޏެވެ. ”⁠އަހަރެން ހުވާ ކޮށްފައި ބުނަން މިއީ ޙައްޤު ތެދު! އަހަރެންނަކީ އޭނާ އާއި އެކުގައިވި މީހެއް ކަމުގައިވާނަމަ މާތްރަސްކަލާނގެ އަހަރެންނަށް ކޯފާ ލައްވާފާށި! ތިޔަބުނާ މީހަކު އަހަރެން ނުދަންނަން!⁠“ އެ ހިނދު ކުއްލިއަކަށް ހާލެއްގެ ގޮވާލުމުގެ އަޑު އިވިގެން ދިޔައެވެ.


ދެން އެ ހުރިހާ އެންމެން އެއްއަޑަކުން ޖަވާބު ދިނެވެ. ”⁠އަހަރެމެންނާއި އަދި އަހަރެމެންގެ ދަރިން އޭނާގެ މަރުގެ ޒިންމާ އުފުލާނަން!⁠“


މިމީހުންގެ އަދަދު ސާޅީހަށް ވުރެ ވެސް ގިނަ ކަމުގައި ވިއެވެ.


ދެން މިމީހުން ބޮޑު އިމާމާއި ބޮޑުންގެ ގާތަށް ގޮސް އެމީހުންގެ މި ނިންމުމުގެ ވާހަކަ އެމީހުންނަށް އަންގައިދިނެވެ. އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އަޅުގަނޑުމެންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަށް ހުވާކޮށްފީން.


ނަމަވެސް ތިޔަބޭފުޅާ ޕައުލް އެމީހުންގެ ދީނީކޯޓަށް ފޮނުވުމަށް އެއްބަސްވެ ވަޑައިނުގަންނަވާތި. ސާޅީހަށް ވުރެ ގިނަ ފިރިހެނުން ޕައުލް ގެންދެވޭނެ މަގުގައި އޭނާ މަރާލުމަށް ފިލާ އެބަ ތިބި. އެއީ މި ސާޅީސް ފިރިހެނުން ޕައުލް މަރާލާފަ ނޫނީ އެއްވެސް ކާއެއްޗެއް ނުވަތަ ބޯއެއްޗެއް އެމީހުންގެ ހަށިގަނޑުގެ ތެރެއަށް ނުލާންކަމަށް ހުވާކޮށްފި. އެމީހުން ތިބީ ތިޔަބޭފުޅާ އެމީހުން އެދޭ ފަދައިން ޕައުލް މާދަމާ އެމީހުންގެ ދީނީކޯޓަށް ފޮނުވާނެ ކަމަށް ހީކޮށް ހުރިހާކަމެއް ތައްޔާރު ކޮށްގެން.⁠“


އަދި އަޅުގަނޑަށް ބަނީއިސްރާއީލު މީހުން އޭނާ މަރާލަން ރާވާކަން އެނގުމާއި އެކު އަޅުގަނޑު އޭނާ މި ފޮނުވަނީ ތިޔަބޭފުޅާގެ އަރިހަށެވެ. ޕައުލް އާއި ދޭތެރޭ އެމީހުން ކުރަން ބޭނުން ދަޢުވާ އެއް އޮތްނަމަ ތިޔަބޭފުޅާގެ އަރިހަށް ހުށައެޅުމަށް އަޅުގަނޑު ބަނީއިސްރާއީލު މީހުންނަށް އަންގާފީމެވެ.⁠“


މިހެން ކަންތައް ވާތާ ދުވަސްކޮޅެއް ފަހުން ބަނީއިސްރާއީލުގެ ވެރިން މަޝްވަރާ ކޮށް ރޭވީ ޝާއުލް މަރާލުމަށެވެ.


ނަމަވެސް ޝާއުލް އަށް މިމީހުންގެ ރޭވުމުގެ ޚަބަރު ލިބިއްޖެއެވެ. އަދި އެމީހުން އެ ރަށުގެ ރަށްބޭރު ދޮރާށީގައި ރެޔާދުވާލު ފާރަލާ ޝާއުލް މަރާލާނެ ފުރުސަތެއްގެ އިންތިޒާރުގައި ވާކަން ވެސް އޭނާ އަށް އެނގިއްޖެއެވެ.


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


އިސްރާއީލު މީހުން އެދުވަހު ތިބީ ނުތަނަވަސްކަން މަތީގައެވެ. އެހެނީ ޝާއުލްގެފާނު އެމީހުންނާ ހުވައެއް މަތިކުރައްވައިފިވެ. ”⁠އެކަކު ވެސް މިއަދު އިރުއޮއްސުމުގެ ކުރީގައި އަދާވާތްތެރިން ބަލިކޮށްފައި ނޫނީ އެއްޗެއް ކައިބޮއި ހަދައިފި މީހަކަށް ލަޢުނަތް ހުރި.⁠“ އެހެންވެ އެދުވަހު އެކަކު ވެސް ކާއެއްޗެއް ނުކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ