Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:11 - ކިތާބުލް މުޤައްދަސާ

11 މީގެ އަނެއް ރޭ މާތްސާހިބާ އީސާގެފާނު ޕައުލްގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ޕައުލް ބިރުނުގަނޭ. ހިތްވަރު ކުރޭ. ކަލޭ ޖެރޫސަލަމުގައި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދީ ތިޔަ ހެދި ފަދައިން ރޯމުގައި ވެސް ކަން ކުރުމަށް ތިމަންކަލޭގެފާނު ބާރުދެއްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:11
27 ပူးပေါင်းရင်းမြစ်များ  

ކުއްލިއަކަށް އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠ބިރު ނުގަނެ ހިތްވަރު ބަހައްޓާ! މިއީ އަހަރެން!⁠“


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


އެގޭގައި އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ފަސް ފިރިހެނުން ތިބޭނެއޭ. އަޅުގަނޑު އުޅުނު ގޮތަށް ނޫޅޭން ލާޒަރު އެމީހުންނަށް އިންޒާރު ކޮށްފިނަމަ އެމީހުންނަށް މި ވޭނާއި އަނިޔާ ލިބޭ ތަނަށް އަންނާކަށް ނުޖެހޭނެއޭ.⁠‘


އަހަރެން ކަލޭމެން ޔަތީމުންގެ ގޮތުގައި ދޫކޮށްލާފައެއް ނުދާނަން. އެއްގޮތަކަށް ވެސް އެހެނެއް ނުހަދާނަން. އަހަރެން ކަލޭމެންގެ ގާތަށް އެނބުރި އަންނާނަން.


އަހަރެން ކަލޭމެން ގާތު މިހުރިހާ ވާހަކައެއް މި ދެއްކީ އެއީ އަހަރެންގެ ކިބައިން ކަލޭމެންނަށް ފުރާނައިގެ ހިތްހަމަ ޖެހުން ދިނުމަށް. މި ދުނިޔޭގައި ކަލޭމެން ވަރަށް ގިނަ އުނދަގޫތަކާއި އަނިޔާތަކާއި ކުރިމަތިލާން ޖެހޭނެ. ނަމަވެސް އުފާކުރޭ ހިތްވަރު ދެރަ ނުކުރޭ. އަހަރެން މި ދުނިޔެ ބަލިކޮށް ކާމިޔާބު ހޯދައިފިން.⁠“


އެއް ރެއަކު ޕައުލްއަށް ހުވަފެނެއް ފަދައިން ފެނުނެވެ. އޭނާއަށް ފެނުނީ މާތްސާހިބާ އީސާގެފާނު މި ފަދައިން ވިދާޅުވި ތަނެވެ. ”⁠ބިރުގަނެ ޖެހިލުންނުވޭ. އަދި ހުއްޓާނުލާ މީސްތަކުންނަށް އަންގައިދެމުން ދޭ.


ދެން މިއަށް ފަހު ޕައުލް މެސެޑޯނިޔާ އާއި އަކޭޔާގެ ހިސާބުގައި ދަތުރުކޮށް ގޮސް ޖެރޫސަލަމަށް ދިއުމަށް ގަސްތު ކުރިއެވެ. އަދި ޕައުލް ބުންޏެވެ. ”⁠ޖެރޫސަލަމަށް ދިއުމަށް ފަހު އަހަރެން ދެން ދާނީ ރޯމަށް.⁠“


މީގެ އެތައް ގަރުނެއް ކުރީގައި ދާއޫދުގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ މި ކަންތައްތައް ވާނެކަން ވަނީ އަންގަވާފަ. އަލްމަސީޙު އަވަހާރަވެ އަލުން ދިރުއްވުމާ މެދު ދާއޫދުގެފާނަށް ވަޙީކުރެއްވި ބަސްފުޅު އެކަލޭގެފާނު މިފަދައިން ވިދާޅުވެ އެންގެވި: ’⁠މާތްރަސްކަލާނގެ އަބަދުވެސް އަހަރެންނާއި އެކު ވޮޑިގެންވާކަން އަހަރެންނަށް އެނގޭ. މާތް ރަސްކަލާނގެ އަބަދުވެސް އަހަރެންނަށް އެހީތެރިވެ ވޮޑިގެންވާތީ އަހަރެން އެއްވެސް ކަމަކާ ބިރުގަންނާކަށް ނުޖެހެއޭ.


އަދި މިހާރު މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ އެންގެވުމަށް ކިޔަމަންވުމުގެ ގޮތުން އަހަރެން މި ދަނީ ޖެރޫސަލަމަށް. ނަމަވެސް އެ ރަށުގައި އަހަރެންނާއި ދޭތެރޭ ކަންތައް ވާނީ ކިހިނަކުން ކަމެއް އެއްގޮތަކަށް ވެސް އަހަރެންނަކަށް ނޭނގެ.


މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ކަލެއަށް ތިޔަ ފެނި އަދި އިވުނު ކަންތައްތަކުގެ ޚަބަރު މީސްތަކުންނަށް ކަލޭ އަންގައިދެން ޖެހޭނޭ.


އެހެން ކަމުން މިތަނުގައިވާ އެންމެހައި ފަރާތްތަކުގެ އިތުރުން ގަނޑުވަރުގެ ފާރަވެރި ސިފައިންނަށް އަހަރެން ޗޭނުޖެހި ހައްޔަރު ކުރެވިފައި މިވަނީ އަލްމަސީޙުގެ ސަބަބުންކަން ދަންނާނެއެވެ.


ނަމަވެސް މާތްސާހިބާ އަހަންނަށް ހިތްވަރު ދެއްވުމަށް އަހަރެންގެ ގާތު ހުންނެވިއެވެ. އެއީ އަލްމަސީޙުގެ އުފާވެރި ޚަބަރު ހުރިހާ ބަނީއިސްރާއީލުނޫން ދަރިކޮޅުގެ މީހުންނަށް ފެށުނީއްސުރެން ނިމެންދެން އަންގައިދީ އެމީހުން ލައްވާ އަޑު އެހުވީމެވެ. އެކަމުން އަހަރެން ބަނޑުހައި ވެފައިވާ ސިންގާއެއްގެ ޝިކާރައަކަށްނުވެ ސަލާމަތްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ