Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 23:10 - ކިތާބުލް މުޤައްދަސާ

10 އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 23:10
16 ပူးပေါင်းရင်းမြစ်များ  

ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“


ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.


ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ.


އަޅުގަނޑު މިސިޓީ އާއި އެކު މިފޮނުވާ މީހާ ބަނީއިސްރާއީލު މީހުން ހައްޔަރުކޮށް އޭނާ މަރާލަން ގަސްތު ކުރިއެވެ. އެހެން ކަމުން އަޅުގަނޑު އަޅުގަނޑުގެ ސިފައިން ގޮވައިގެން ގޮސް އޭނާ ސަލާމަތް ކުރީމެވެ. އެއީ އަޅުގަނޑަށް އޭނާއަކީ ރޯމުގެ ރައްޔިތެއްކަން އެނގުމުންނެވެ.


އަޅުގަނޑު އެމީހުން އޭނާ އެ ކުށްވެރިކުރަނީ ކޮން ކަމަކު ތޯ ރަނގަޅަށް ބަލާ އޮޅުންފިލުވުމަށްޓަކައި އެމީހުންގެ ދީނީކޯޓުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރީމެވެ.


އަދި އަނެއްދުވަހުގެ ހެނދުނު ފައިމަގުގެ ސިފައިން އެނބުރި ސިފައިންގެ ކޮއްޓަށް ދިޔައެވެ. ދެން އެހިސާބުން އަހުގެ ސިފައިން ޕައުލް ގޮވައިގެން ކައިސަރިޔާއަށް ދަތުރު ކުރިއެވެ.


އަޅުގަނޑުމެން ގަސްތު ކުރީ މީނާއާއި މެދު އަޅުގަނޑުމެންގެ އަމިއްލަ ގަވާއިދާއި ޤާނޫނުގެ މަތިން ޝަރީއަތް ކުރުމަށް. ނަމަވެސް ކޮމާންޑަރު ލިސިޔާހު މީނާ ގަދަކަމުން އަޅުގަނޑުމެންގެ އަތުން އަތުލައިގެން ގެންދިޔަ. އަދި ކޮމާންޑަރު ލިސިޔާހު އަޅުގަނޑުމެންނަށް އެންގީ އަޅުގަނޑުމެން މީނާއާއި ދޭތެރޭ ކުރާ ޝަރީއަތް ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ހުށައެޅުމަށް.}


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވޭ. ހަނދާނުގައި މިކަން ބަހައްޓާށެވެ! އަނެކުންގެ ވާހަކަތައް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ. ކަލޭމެންގެ ވާހަކަތަކަށް ފަސްޖެހޭށެވެ. ސިނގުރުޅި ނަންނާށެވެ.


ނަމަވެސް ކަލޭމެންގެ ހިތްތައް ހިތި ޙަސަދަވެރިކަމާއި އަމިއްލަ އެދުންތަކުގެ ޝަޢުޤުވެރިކަމުގައި ވާނަމަ ކަލޭމެންނީ ބުއްދިވެރި ބައެއް ކަމުގައި ބުނެ އަޑުއުފުލައި ބޮޑާނުވާށެވެ. އެއީ ތެދާ ދެކޮޅަށް ބުނާ ބުހުތާން ދޮގެކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ