Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 22:6 - ކިތާބުލް މުޤައްދަސާ

6 އަޅުގަނޑު ދިމިޝްޤަށް ދިޔަމަގުމަތީ އެ ރަށާއި ވަރަށް ކައިރި ވެފައި ވަނިކޮށް އެއްދުވަހެއްގެ މެންދުރު ވަގުތު ވަރަށް ގަދަ އައްޔެއް އަޅުގަނޑުގެ ވަށައިގެން ވިދައިގެން ދިޔަ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 22:6
11 ပူးပေါင်းရင်းမြစ်များ  

އަބްރާމް އެކަލޭގެފާނުގެ ލަޝްކަރު ބައިކުރެއްވުމަށް ފަހު ރޭގަނޑުގައި ދުޝްމަނުންނަށް ޙަމަލާދެއްވާ ކާމިޔާބު ހޯއްދެވިއެވެ. އަދި ދިމިޝްޤުގެ އުތުރު ސަރަހައްދެއް ކަމުގައިވާ ޙޫބާއާއި ހަމައަށް ހަނގުރާމަ ކުރައްވަމުން އެމީހުންގެ ފަހަތުން ވަޑައިގަތެވެ. ދެން އެއަށް ފަހު ލޫޠުގެފާނާއި އެކަލޭގެފާނުގެ އަތުން އަތުލެވިފައިވީ މުދާ ތަކާއި އަންހެނުންނާއި ހައްޔަރު ކުރެވުނު އެހެނިހެން މީހުން މިނިވަން ކޮށްދެއްވިއެވެ.


އެކަމަކު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ! މިއަޅާއަށް ތިޔަ ބަރަކާތްލެއްވުމުގެ އޮތީ ކޮން މޮޅެއްތޯ؟ މިއަޅާއަކަށް އެންމެ ކުޑަމިނުން ދަރިޔަކު ވެސް ލިބިފައެއް ނުވޭ. އިނބަރަސްކަލާނގެ މިއަޅާއަށް ދަރިޔަކު ދެއްވާފައި ނުވާ ހިނދު މިއަޅާގެ ހުރިހާ ތަނަވަސްކަމެއް ދާނީ ދިމިޝްޤުގެ އަލީޢާޒަރަށް.


އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.


ދެން އެ ހިނދު އަސްޙާބީންގެ ކުރިފުޅުމަތީގައި އީސާގެފާނުގެ ސިފަފުޅު ބަދަލުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ މޫނުފުޅު އިރުފަދައިން އުޖާލާކަމާއިއެކު ބަބުޅަމުން ދިޔައެވެ. އަދި އެކަލޭގެފާނު ތުރުކުރައްވައިގެން ހުންނެވި ހެދުންކޮޅު ނޫރެއްފަދައިން އަލިވެގެންދިޔައެވެ.


އަދި އަޅުގަނޑު ބިންމައްޗަށް ވެއްޓުނު. އެވަގުތު އަޅުގަނޑަށް އިވުނީ މި ފަދައިން ބުނެވުނު އަޑު. ’⁠އޭ ޝާއުލް، ޝާއުލް. ކަލޭ ތިމަންކަލޭގެފާނަށް އަނިޔާތައް ތިޔަ ދެނީ ކީއްވެ ހޭ؟⁠‘


އެމީހުންގެ މެދުގައި ކުރެވެމުން ދިޔަ ޒުވާބު އިރެއް އިރަކަށް ގަދަވިއެވެ. އަދި ބައެއް ދީނުގެ ދަންނަބޭކަލުން ކަމުގައި ވީ ފަރީސީނުގެ ބަޔަކު ފުންމައިގެން ތެދުވެ ޕައުލް ގެ ދިފާއުގައި ވާހަކަދައްކާ ބަހުސްކޮށް ބުންޏެވެ. ”⁠މިމީހާގެ އެއްވެސް ކުށެއް އަހަރެމެންނަކަށް ނުފެނޭ. ފަހަރެއްގައި ހަމަ މަލާއިކަތަކު ނުވަތަ ރޫޙެއް އޭނާއާއި ވާހަކަ ދެއްކީ ކަމުގައި ވެސް ވެދާނެ.⁠“


އެމީހެއްގެ ކަނާއަތުގައި ހަތް ތަރި ވިއެވެ. އަދި ދެމިޔަލީ ތޫނު ކަނޑިއެއް އެމީހެއްގެ އަނގައިގެ ތެރެއިން ނުކުތެވެ. އެމީހެއްގެ މޫނު މެންދުރު ވަގުތުގެ އިރު ބަބުޅާ ފަދައިން ބަބުޅައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ