Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 22:5 - ކިތާބުލް މުޤައްދަސާ

5 އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 22:5
21 ပူးပေါင်းရင်းမြစ်များ  

ހެނދުނު އިރުއެރުމުން އީސާގެފާނު ބަނީއިސްރާއީލު ދީނީކޯޓުގެ ކުރިމައްޗަށް ގެންދެވުނެވެ. އެތާނގައި ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި ދީނުގެ ދަންނަބޭކަލުން ވިއެވެ.


އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.


އިބްރާހީމްގެފާނުގެ ދަރިކޮޅުގެ އެންމެ ހާ އަޚުންނޭ، އަޑުއަހާ. އަދި މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރުމަށްޓަކައި މި ތަނަށް އެއްވެތިބި ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންނޭ، ސަމާލުވޭ. މާތްރަސްކަލާނގެ ދެއްވާފައި މިވާ ދިންނެވޭނެ މަގު މިއީ އަހަރެމެންނަށް މާތްރަސްކަލާނގެ ދެއްވާފައިވާ ދިންނެވުމެއް.


ޕަތަރަސް އެތަނުގައިވާ އެންމެންނާއި މުޚާޠަބު ކޮށް ބުނަމުން ގެންދިޔައެވެ. ”⁠އަޚުންނޭ، އަހަރެމެންގެ މަތިވެރި ކާބަފައިކަލުން ދާއޫދުގެފާނު މި ބަސްފުޅުތައް ވިދާޅުވީ އެކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅަށް މުޚާޠަބު ކުރައްވާފައެއް ނޫން. އެއީ އެކަލޭގެފާނު އަވަހާރަވެ ފަސްދާނު ލެވިފައި އެވަނީ އަހަރެމެންގެ ތެރޭގަ. މިހާރު ވެސް އެކަލޭގެފާނުގެ މަހާނަފުޅު އަހަރެމެންގެ ތެރޭގައި އެބަވޭ.


”⁠އިއްޒަތްތެރި އެންމެހާ އަޚުންނޭ އަޑުއައްސަވާ، ތިޔަބައިމީހުންނަށް މި ކަންތައްތައް ވެގެން އުޅޭގޮތް އޮޅުންފިލުވާ ދިނުމަށް އަޅުގަނޑު މިބުނާ ބަސްތަކުގެ އަޑު އެއްސެވުން އެދެން.⁠“


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”⁠އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.⁠“


އަޅުގަނޑު ވެސް ކަންތައް ކުރީ ހަމަ އެ ފަދައިން. ޖެރޫސަލަމުގެ ބޮޑު އިމާމުން ދެއްވި ހުއްދައަށް އަޅުގަނޑު އީސާގެފާނަށް އީމާންވި އެތައް ބަޔަކު ޖަލަށް ލީން. އަދި އޭގެ ތެރެއިން މީހުންނަށް މަރުގެ އަދަބު ދެވުނު ހިނދު އެކަމަށް ރުހި އަޅުގަނޑު ވެސް ވޯޓުލީން.


އަދި ދީނީ މަރުކަޒުތަކުގައި އޭގެ ތެރެއިން އެތައް ބަޔެއްގެ ގައިގައި ހަންމުށިން ތެޅުމަށް ވެސް އެންގިން. އަދި އެ ގޮތުން އެމީހުން ލައްވާ އީސާގެފާނާއި ދެކޮޅަށް ވާހަކަ ދައްކުވަން އަޅުގަނޑު މަސައްކަތް ކުރީން. އަޅުގަނޑު އެމީހުންނަށް ކުރާ ނަފްރަތުގެ ބޮޑުކަމުން އީސާގެފާނަށް އީމާންވާ މީހުން ހޯދާ އެމީހުންނަށް އަދަބު ދިނުމަށް އެހެން ރަށްރަށަށް ވެސް ދިޔައިން.⁠“


”⁠އެ ގޮތުން އަޅުގަނޑު އެއްފަހަރަކު ދިމިޝްޤަށް ދިޔައިން. އެ ރަށަށް އަޅުގަނޑު ދިޔައީ އެ ރަށުގައި ވީ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކުރުމަށް ބޮޑު އިމާމުން ދެއްވި ހުއްދައިގެ ސިޓީ އެއްވެސް ހިފައިގެން.


ތިންވަނައަށް ވީ ދުވަހު ޕައުލް އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ޖަލްސާއަކަށް އައުމަށް އެދުނެވެ. އެމީހުން އައުމުން ޕައުލް އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މިވަނީ ޖެރޫސަލަމުގައި ހައްޔަރު ކުރެވި އަދި ރޯމުގެ ސަރުކާރާއި ހަވާލު ކުރެވިފައޭ. ނަމަވެސް އަޅުގަނޑު އަޅުގަނޑުމެންގެ މީހުންނާ ނުވަތަ ގަވާއިދުތަކާ އިދިކޮޅަށް ވެސް އެއްވެސް ކަމެއް ނުކުރަމޭ.


އެމީހުން ޖަވާބުގައި ބުންޏެވެ. ”⁠އަހަރެމެންނަށް ކަލެއާއި މެދު އެއްވެސް ނުރަނގަޅު ވާހަކައެއް އިވިފައެއް ނުވޭ. އަދި ކަލެއާއި ބެހޭ ގޮތުން އަހަރެމެންނަށް ޖުދެއާ ކަރައިން އެއްވެސް ސިޓީއެއް ވެސް ލިބިފައެއް ނުވޭ. އަދި މި ރަށަށް އައި އެއްވެސް މީހަކު ތިކަމާއި ބެހޭ އެއްވެސް މަޢުލޫމާތެއް ވެސް އަހަރެމެންނަކަށް ދީފައެއް ނުވޭ.


އަޚުންނާއި އުޚުތުންނޭ. ކަލޭމެންނާއި ކަލޭމެންގެ ވެރިން އީސާގެފާނާއި ދޭތެރޭ އެ ފަދައިން ކަން ކުރީ އެއީ ކަލޭމެންނަށް އެ ކުރެވެނީ ކޮން ފަދަ ކަމެއްކަން ނޭނގޭތީ.


އަނެއް ދުވަހު ބަނީއިސްރާއީލުގެ ވެރިންނާއި ބޮޑުންނާއި ދީނުގެ ދަންނަބޭކަލުންނާއި ޖެރޫސަލަމުގައި އެއްވިއެވެ.


އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.


އަދި އަޅުގަނޑުމެން އަހާފައިވާ ގޮތުގައި އޭނާ ދިމިޝްޤަށް އައީ ވެސް ކަލޭގެފާނަށް އީމާންވާ އެންމެން ހައްޔަރު ކުރުމަށް. އަދި ކަލޭގެފާނަށް އީމާންވެ އަޅުކަން ކުރާ ކޮންމެ މީހަކު ހައްޔަރު ކުރުމަށް ބޮޑު އިމާމުންގެ ފަރާތުން އޭނާއަށް އެކަމުގެ ހުއްދަ ދިނުމުގެ ގޮތުން ޚާއްސަ ސިޓީއެއް ވެސް ދީފައިވާ ވާހަކަ އަޅުގަނޑުމެން ވަނީ އަހާފަ.⁠“


އަހަރެން ކުރީގައި އުޅުނު ގޮތުގެ ވާހަކަތައް ކަލޭމެން ވާނީ އަހާފައެވެ. އަހަރެން ބަނީއިސްރާއީލު މީހުންގެ ދީނުގައި ހަރުދަނާވެ ހުރި ވަރާއި ބެހޭގޮތުންނާއި، އަދި އަހަރެން އީސާގެފާނަށް އީމާންވެގެންވީ އެންމެން ނައްތާލުމަށް، ކުރި ނުބައި އަނިޔާވެރި ކަންތައްތަކުގެ ވާހަކަވެސް ކަލޭމެން ވާނީ އަހާފައެވެ.


އަދި އަހަރެން ލޭ ހޫނުވެފައި ހުރެ މަސީޙީ ޖަމާޢަތުގެ އަހުލުވެރިންނަށް ވަރުގަދަ އަނިޔާތައް ކުރިމަތި ކުރީމެވެ. ޤާނޫނާއި ގަވާއިދު ދެއްކި މަގުން މާތްކަލާނގެ ރުހުން ހޯދުމަށް ކުރެވެން އޮތްހާ ކަމެއް ކުރީމެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުން ތިބާއަށް ރަޙުމަތް ލެއްވުމަށް އެދި މާތްރަސްކަލާނގެއަށް ހުށަހެޅި ގޮތުގެ މަތިން ހަނދާން ބަހައްޓައި އެ ބޮޑުން ނިމުތުގައި ދެއްވި ޚަބަރުތަކުން ތިބާއަށް ލިބިފައިވާ ރޫޙީ ހަދިޔާ ބޭނުން ކޮށްގެން ކުރިއަށް ދާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ