މަންދޫބުންގެ މަސައްކަތް 22:4 - ކިތާބުލް މުޤައްދަސާ4 ހަމަ އަޅުގަނޑު ވެސް އީސާގެފާނު ދެއްކެވި މަގުން އުޅުމަށް ގަސްތު ކުރި މީހުންނަށް އަނިޔާ ދިނީން. އަދި އޭގެ ތެރެއިން ބައެއް މީހުން މެރުމަށް ވެސް އެންގީން. އަދި އެމީހުންގެ ތެރެއިން އަންހެނުންނާ ފިރިހެނުން ދަމާ ބަނދެ ހައްޔަރުކޮށް ޖަލަށް ވެސް ލީން. အခန်းကိုကြည့်ပါ။ |
ނަމަވެސް ބައެއް ބަނީއިސްރާއީލު މީހުން މި ކަންތައްތަކާ ދެކޮޅުވެ ހަރުކަށިވެ އީސާގެފާނު އެންގެވި މަގާއި މެދު ނުރުހި އެކަމާއި ބެހޭ ގޮތުން އެމީހުން ދޮގު ނަހަމަ ވާހަކަތައް އެންމެންގެ މެދުގައި ފަތުރަމުން ދިޔައެވެ. އެހެން ކަމުން ޕައުލް އީސާގެފާނަށް އީމާންވެގެން ތިބި މީހުން ގޮވައިގެން އެ ދީނީ މަރުކަޒު ދޫކޮށް ދިޔައެވެ. ދެން ޕައުލް ދިޔައީ އެ ރަށުގެ ތިރާނުސް އޭ ކިޔުނު މީހަކު ހިންގި ސުކޫލެއްގެ އިމާރާތަކަށެވެ. އެތާނގައި ކޮންމެ ދުވަހަކު ޕައުލް މީސްތަކުންނަށް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދީ ކިޔަވައިދެމުން ގެންދިޔައެވެ.
އާއެކޭ. އަޅުގަނޑު އެއްބަހޭ. އަޅުގަނޑު އީސާގެފާނު ގަބޫލުކޮށް އެކަލޭގެފާނު އެންގެވި މަގުން އުޅެ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އަޅުކަން ކުރަން. އެމީހުންގެ ވެރިން ބުނާ ގޮތުގައި އަޅުގަނޑު އީމާންވެ އެ ގޮތެއްގެ މަތިން ކަން ކުރާ ގޮތް ކަމުގައިވާ އީސާގެފާނު ދެއްކެވި މަގަކީ މުޅިން ދޮގުތަކުގެ މައްޗަށް ބިނާވެފައިވާ މަގެއް. އެކަމަކު ޙަޤީޤަތަކީ އަޅުގަނޑު އަޅުކަންކޮށް އީމާން ވަނީ ހަމަ އަޅުގަނޑުގެ ކާބަފައިން ވެސް އެކަލާނގެ އަކަށް އަޅުކަން ކުރި މާތްރަސްކަލާނގެ ކިބަފުޅަށް. އަދި މޫސާގެފާނު މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ހުރިހާ އަމުރުފުޅުތަކަކަށް ވެސް އަޅުގަނޑު ކިޔަމަންވަން. އަދި ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތަކުގައިވާ ބަސްފުޅުތައް ވެސް އަޅުގަނޑު ގަބޫލު ކުރަން.
ޝާއުލްގެ ވާހަކަތައް އަޑު އެހި ކޮންމެ މީހަކު ހައިރާންވެ ބުނެއެވެ. ”މީނާ މިއީ ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެ އެކަލޭގެފާނު އެންގި މަގުން އުޅުނު މީހުން ނައްތާލަން ގަދައަޅާ މަސައްކަތް ކުރި މީހާއެއް ނޫން ހޭ؟ އަދި އަހަރެމެންނަށް އިވިފައިވާ ގޮތުގައި މީނާ މި ރަށަށް އައީ ވެސް އީސާގެފާނު ގަބޫލު ކުރާ އެންމެން ހައްޔަރުކޮށްގެން ބޮޑު އިމާމުންގެ ކައިރިއަށް ގެންދަން.“