Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 22:30 - ކިތާބުލް މުޤައްދަސާ

30 އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 22:30
13 ပူးပေါင်းရင်းမြစ်များ  

މީހުންނާއި މެދު ސަމާލުވޭ. ސަބަބަކީ އެބައިމީހުން ތިޔަބައިމީހުން ހައްޔަރުކޮށް ކޯޓަށް ގެންދާނެ. އަދި އެބައިމީހުންގެ ދީނީ މަރުކަޒުތަކުގައި ތިޔަބައިމީހުންގެ ގައިގައި ޗާބޫކުން ތަޅާނެ.


ދެން އެބައިމީހުން އެކަލޭގެފާނު ބެންނެވިއެވެ. އަދި އެކަލޭގެފާނު ރޯމުގެ ގަވަރުނަރު ޕިލާތުސްގެ ކައިރިއަށް ގެންދެވިއެވެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިމާގެ އަޚާ ދެކެ ރުޅިއައިސްގެން ވެސް ނުވާނެ. ނޫނީ ތިމާ އަދާލަތުގެ ކުރިމައްޗަށް ގެންދަން ޖެހިދާނެ. ތިމާގެ އަޚާއަކީ މޮޔައެކޭ ކިޔައި ހުތުރުއެއްޗެހި ގޮވާ މީހާ ވެސް އަދާލަތުގެ ކުރިމަތީގައި ޖަވާބުދާރީ ވާން ޖެހޭނެ. އަދި އަނެކާއަކީ ސޮހޮލެކޭ ބުނާ މީހާއަށް ނަރަކައިގެ އަލިފާނުން ސަޒާ ދެވޭނެ.


މީނާ ޕައުލް އަޅައިގެން ހުރި ކަމަރު އަތުލާ އޭގެން އޭނާގެ އަމިއްލަ އަތާއި ފަޔާއި ބަނދެފައި އަހަރެމެންނަށް ބުންޏެވެ. ”⁠މާތްރޫޙުފުޅު އަންގަވަނީ ޖެރޫސަލަމުގެ ބަނީއިސްރާއީލު މީހުންގެ ބައެއްވެރިން މި ކަމަރުގެ ވެރިމީހާ ބަނދެލާނެ ކަމުގައޭ. އަދި އެމީހުން އޭނާ ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ބަޔަކާ ހަވާލު ކުރާނެ ކަމުގައޭ.⁠“


ދެން ސިފައިންގެ ކޮމާންޑަރު ޕައުލް ހައްޔަރު ކުރިއެވެ. އަދި ޕައުލްގެ ދެ އަތުގައި ހިލިހިލާ ޖެހުމަށް ވެސް އޭނާ އަމުރުކުރިއެވެ. ދެން އެތާތިބި މީހުން ކުރެން ޕައުލް ކުރީ ކީއްތޯ އަހާ އޭނާ ސުވާލު ކުރިއެވެ.


އަޅުގަނޑު މިބުނަނީ ތެދުކަން އުއްތަމަ އިމާމަށާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ ވެރިންނަށް ވެސް އެނގޭނެ. އެއީ ދިމިޝްޤަށް ގޮސް އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހައްޔަރު ކޮށްގެން ޖެރޫސަލަމުގެ ޖަލުގައި އަދަބު ދިނުމަށް ގެނައުމަށް އަޅުގަނޑު އެ ރަށަށް ދިޔައީން. އެދިޔަ ދިއުމުގައި އަޅުގަނޑަށް އެ ކަންތައްތައް ކުރުމަށް ހުއްދަދިނުމަށް އެދި ދިމިޝްޤުގެ ބަނީއިސްރާއީލު މީހުންގެ ވެރިންނަށް ދިނުމަށް އުއްތަމަ އިމާމާއި އަދި ބަނީއިސްރާއީލުގެ ދީނީކޯޓުގެ ބޮޑުން ސިޓީތައް ވެސް ލިޔެ އަޅުގަނޑުގެ އަތަށް ދެއްވި.


ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ވެރިންނާ ކުރިމަތިލާ ސީދާ އެމީހުންނަށް ބުންޏެވެ. ”⁠އެންމެ ހާ އަޚުންނޭ، އަޅުގަނޑު މި ވީހާ ތަނަށް މާތްރަސްކަލާނގެ އެންގެވި މަގުން ކަން ކުރަމުން މިއައީ ފޮރުވަން ޖެހޭފަދަ ނުވަތަ ލަދުގަންނަން ޖެހޭ އެއްވެސް ކަމެއް ނުކޮށް.⁠“


އެހެން ކަމުން ތިޔަބޭފުޅުން އަޅުގަނޑުމެންނަށް ކޮށްދެއްވަންވީ ކަމަކީ އަލުން ޕައުލް ބަނީއިސްރާއީލުގެ ދީނީކޯޓުގެ ކުރިމައްޗަށް ހާޒިރުކޮށްދިނުމަށް ސިފައިންގެ ކޮމާންޑަރުގެ ކިބައިން އެދިދެއްވަންވީ. ތިޔަބޭފުޅުން ޕައުލް ގެ ޝަރީޢަތް އިތުރަށް ބެއްލެވުމަށް އެދޭ ވާހަކަ ސިފައިންގެ ކޮމާންޑަރަށް ދަންނަވާދެއްވާ. ސިފައިން އެމީހުން ގެންދާ މަގުމަތީގައި އަޅުގަނޑުމެން އޭނާ މަރާލާނަން.⁠“


އޭނާ ޖަވާބު ދިނެވެ. ”⁠ބަނީއިސްރާއީލު މީހުން ރާވަނީ މާދަމާ ޕައުލް އެމީހުންގެ ދީނީކޯޓަށް ގެންދިއުމަށް ތިޔަބޭފުޅާގެ އަރިހުން ހުއްދައަށް އެދުމަށް. އެމީހުންގެ ބޭނުމަކީ އެމީހުން ޕައުލްއާއި އިތުރު ސުވާލުތައް ކޮށް އޭނާގެ ޝަރީއަތް ރަނގަޅަށް ބެލުމަށް އެދޭ ކަމަށް ތިޔަބޭފުޅާ ހީފުޅު ކުރުން.


އަޅުގަނޑު އެމީހުން އޭނާ އެ ކުށްވެރިކުރަނީ ކޮން ކަމަކު ތޯ ރަނގަޅަށް ބަލާ އޮޅުންފިލުވުމަށްޓަކައި އެމީހުންގެ ދީނީކޯޓުގެ ކުރިމައްޗަށް އޭނާ ހާޒިރު ކުރީމެވެ.


ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ތެރޭގައި ހިމެނެނީ ސާދުސީންނާއި ފަރީސީން ކަން ޕައުލްއަށް ފާހަގަ ކުރެވުނެވެ. އެ ހިނދު ޕައުލް ވީހާ ވެސް ބާރެއް ލާފައި އަޑުގެ ނެއްތަނަށް ބުންޏެވެ. ”⁠އަޅުގަނޑުގެ އަޚުން ކަމުގައިވާ ބަނީއިސްރާއީލު މީހުންނޭ. އަޅުގަނޑަކީ ފަރީސީއެއް. އަދި އަޅުގަނޑަކީ މިއީ ފަރީސީއެއްގެ ދަރިއެއް ވެސް މެ. މިއަދު އަޅުގަނޑާއި މެދު ޝަރީއަތް މި ކުރެވެނީ މަރުވެފައިވާ މީހުން މާތްރަސްކަލާނގެ އަލުން ދިރުއްވާނެ ކަން އަޅުގަނޑު ގަބޫލުކޮށް އެހެން ބުނުމުން.⁠“


ޕައުލް ޖަވާބުގައި ދެންނެވިއެވެ. ”⁠ކުޑައިރުކޮޅެއްގަތެރޭ ކަމެއް ނޫނީ ދިގު މުއްދަތަކަށް ފަހު ކަމެއް އަޅުގަނޑަކަށް ނޭނގެ. ނަމަވެސް އަޅުގަނޑުގެ ދުޢާ އަކީ މިތާނގައި މިވާ އެންމެން ވެސް އީސާގެފާނަށް އީމާންވެ އަޅުގަނޑު ފަދައިން ވުން. ނަމަވެސް އެމީހުންގެ ގައިގައި އަޅުގަނޑުގެ ގައިގައި ޖެހިފައި މިވާ ފަދައިން ހިލިހިލާ ޖެހުމަކަށް އަޅުގަނޑެއް ނޭދެން.⁠“


އީސާގެފާނުގެ މަންދޫބުން މި މަލާއިކަތާގެ ބަސްފުޅު އަހާ ކިޔަމަންވެ ފަތިހުގެ ވަގުތުގައި އިރުއެރުމުގެ ކުރިން ގޮސް ބައިތުލް މަޤްދިސްގައި މީސްތަކުންނަށް ކިޔަވާދިނުމަށް ފެށިއެވެ. އުއްތަމަ އިމާމާއި އޭނާގެ ބައިގެމީހުން ބަނީއިސްރާއީލުގެ ދީނީކޯޓުގެ ހުރިހާ މެމްބަރުންނަށް އަންގާ އެމީހުން އެއް ކުރިއެވެ. އެ ކޯޓުގައި ބަނީއިސްރާއީލުގެ އެންމެ މުހިންމު ދީނުގެ ބޮޑުން ވެސް ހިމެނުނެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އެކޯޓަށް ގެނައުމަށްޓަކައި ބަޔަކު ޖަލަށް ފޮނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ