މަންދޫބުންގެ މަސައްކަތް 22:28 - ކިތާބުލް މުޤައްދަސާ28 ކޮމާންޑަރު ބުންޏެވެ. ”އަހަރެން ވެސް މިއީ ރޯމުސަރުކާރުގެ ރައްޔިތެއް. އެކަމަކު އަހަރެންނަށް ރޯމުސަރުކާރުގެ ރައްޔިތަކަށް ވެވުނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ދައްކައިގެން.“ ”އަހަރެން މިއީ އުފަން ރޯމުސަރުކާރުގެ ރައްޔިތެއް.“ ޕައުލް ޖަވާބުގައި ބުންޏެވެ. အခန်းကိုကြည့်ပါ။ |
ހަނދާން ކުރަންވީ، އޭރު ތިޔަބައިމީހުންނަށް އަލްމަސީޙު އެނގިގެންނުވާ ކަމެވެ. ބަނީއިސްރާއީލު ދަރިކޮޅުގެ މީހުންނަށް ތިޔަބައިމީހުންނީ ބިދޭސީންނެވެ. އަދި މާތްރަސްކަލާނގެ އެބައިމީހުންނާއިމެދު ވަޢުދު ވެވަޑައިގެންނެވި އިޤުރާރުން އެއްވެސް ޖާގައެއް ތިޔަބައިމީހުންނަށް ލިބިގެންނުވެއެވެ. ތިޔަބައިމީހުން ޙަޔާތު ވޭތުކުރަމުން ގެންދިޔައީ އިލާހެއް ވޮޑިގެންވާކަމުގައި ނުބަލާ އަދި އުންމީދު ގެއްލިފައިވާ ގޮތުގައެވެ.
އެހެންވީމާ، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ދަރިކޮޅުގެ މީހުން ކަމުގައިވާ ތިޔަބައިމީހުންނީ ބީރައްޓެހި އަދި ބިދޭސީންގެ ގޮތުގައިވާ ބައެއް ނުމެނޫންމެއެވެ. އެގޮތުން މިހާރު ތިޔަބައިމީހުންނީ މާތްރަސްކަލާނގެ މުޤައްދަސް ކުރެއްވި ފަރާތްތަކާއި އެކުގައިވާ ރައްޔިތުންނެވެ. ތިޔަބައިމީހުން މިލްކުވެގެން ވަނީ މާތްރަސްކަލާނގެ އާއިލާއަށެވެ.