26 މި އޮފިސަރު ސިފައިންގެ ކޮމާންޑަރުގެ ގާތަށް ގޮސް ބުންޏެވެ. ”ތިޔަ ކުރައްވަން އުޅެނީ ކޮން ފަދަ ކަމެއް ތޯ؟ މިމީހާއަކީ ރޯމުސަރުކާރުގެ ރައްޔިތެއް.“
ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.
ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟“
ކޮމާންޑަރު ޕައުލްގެ ގާތަށް ގޮސް އޭނާއާއި ސުވާލު ކުރިއެވެ. ”އެއީ ތެދެއް ތަ ކަލެއަކީ ރޯމުސަރުކާރުގެ ރައްޔިތެއްތަ؟“ ޕައުލް ޖަވާބުގައި އާޔެކޭ ބުންޏޭ.
ދެން ޕައުލް ބަނދެ އޭނާ ގައިގައި ތަޅާ އޭނާއާއި ސުވާލުތައް ކުރުމަށް އުޅުނު ސިފައިން ޕައުލް އަކީ ރޯމުގެ ރައްޔިތެއްކަން ހަމަ އެނގުމާއި އެކު ވަގުތުން އެ ކަންތައް ހުއްޓާލާ ދުރަށް ޖެހުނެވެ. ސިފައިންގެ ކޮމާންޑަރު ވެސް ޕައުލް ބަނދެ އޭނާ ގައިގައި ތެޅުމަށް އެންގުނީތީ ބިރުގަތެވެ.
އަޅުގަނޑު މިސިޓީ އާއި އެކު މިފޮނުވާ މީހާ ބަނީއިސްރާއީލު މީހުން ހައްޔަރުކޮށް އޭނާ މަރާލަން ގަސްތު ކުރިއެވެ. އެހެން ކަމުން އަޅުގަނޑު އަޅުގަނޑުގެ ސިފައިން ގޮވައިގެން ގޮސް އޭނާ ސަލާމަތް ކުރީމެވެ. އެއީ އަޅުގަނޑަށް އޭނާއަކީ ރޯމުގެ ރައްޔިތެއްކަން އެނގުމުންނެވެ.