މަންދޫބުންގެ މަސައްކަތް 22:25 - ކިތާބުލް މުޤައްދަސާ25 ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟“ အခန်းကိုကြည့်ပါ။ |
ނަމަވެސް ޕައުލް އެ ސިފައިންނަށް ބުންޏެވެ. ”އަހަރެމެންނަކީ ރޯމުސަރުކާރުގެ ރައްޔިތުން. ނަމަވެސް ރޯމުސަރުކާރުގެ އުއްތަމަ ފަނޑިޔާރުން އަހަރެމެންނާއި މެދު އެއްވެސް ޝަރީޢަތެއް ނުކޮށް އަހަރެމެންގެ ގައިގައި އެންމެންގެ ކުރިމަތީގައި ހަންމުށި އެޅި. އަދި އަހަރެމެން ޖަލަށް ލި. މިހާރު އެމީހުން އެބުނަނީ މިއިން އެއްވެސް ކަމެއް ނުވާ ހެން އަހަރެމެން މަޑުމަޑުން ޖަލުން ނުކުމެގެންދާށޭ ތަ؟ އެއްގޮތަކަށް ވެސް އެހެނެއް ނުވެވޭނެ. އަހަރެމެން ޖަލުން ނެރެން ޖެހޭނީ ރޯމުގެ ސަރުކާރުގެ ފަނޑިޔާރުން އައިސް.“
ނަމަވެސް އަޅުގަނޑު އެމީހުންނަށް ބުނީން. ’ކުށްވެރިކުރެވޭ މީހަކާ މެދު ކަމުގެ ދެކޮޅު ނުބަލާ ހައްޔަރު ކުރުމަކީ ރޯމުގެ ސަރުކާރުގެ ގަވާއިދުތަކާއި ޚިލާފުކަމެކޭ. ފުރަތަމަ ޖެހޭނީ އެ ކުށްވެރިކުރެވޭ މީހަކާ އެމީހަކު ކުށްވެރިކުރާ މީހުންނާއި އެއްތަންކޮށް އެ ކުށްވެރިކުރެވޭ މީހަކު އެމީހާގެ އަމިއްލަ ދިފާއުގައި ބުނަންއޮތީ ކީކޭ ތޯ އަހާ އޮޅުންފިލުވުމޭ.‘
އަހަރެމެން ފުރި ދުވަހުގެ އަނެއްދުވަހު އޮޑި ޞައިދޫނަށް ލެފިއެވެ. ޖޫލިޔުސް ޕައުލްއާއި ދޭތެރޭ ވަރަށް ރަނގަޅަށް ކަންތައް ކުރެއްވިއެވެ. ޕައުލްއަށް އެއްގަމަށް ގޮސް އެ ރަށުގައިވާ ޕައުލްގެ ރައްޓެހިންނާ ބައްދަލު ކުރުމަށް ވެސް ޖޫލިޔުސް ހުއްދަ ދެއްވިއެވެ. އެ ރަށުގައި ވީ ޕައުލްގެ ރައްޓެހިން އޭނާއަށް ހެޔޮކޮށް ހިތިއެވެ.