Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 22:22 - ކިތާބުލް މުޤައްދަސާ

22 ޕައުލްގެ ވާހަކަ މި ހިސާބަށް ދަންދެން އެއްވެފައިވާ މީހުންގަނޑު މަޑުވެ ތިބެ އަޑު އެހި ނަމަވެސް ދެން އަނެއްކާވެސް އެމީހުން ހަޅޭއްލަވަންފެށިއެވެ. ”⁠މިމީހާ ނައްތަލާ. ތިޔަ ކަހަލަ މީހަކަށް ދިރިހުރުން ޙައްޤެއް ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 22:22
6 ပူးပေါင်းရင်းမြစ်များ  

އެއްވެފައިވާ ހުރިހާ މީސްތަކުން އެއްއަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާއަށް މަރުގެ ޙުކުމް ކުރޭ. އޭނާގެ ބަދަލުގައި އަހަރެމެންނަށްޓަކައި ބަރައްބާސް މިނިވަން ކޮށްދީ.⁠“


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


ޕައުލްގެ ފަހަތުން އައި މީސްތަކުން ހަޅޭއްލަވަމުން ދިޔައެވެ. ”⁠އޭނާ ނެތިކޮށްލާ، މަރާލާ!⁠“


ގަވަރުނަރު ފެސްތުސް މި ފަދައިން ވިދާޅުވިއެވެ. ”⁠އަގިރިފާ ރަސްގެފާނާއި އަދި މިތާނގައި ވާ އެންމެ ހާ އިއްޒަތްތެރިންނޭ، މީނާއަށް ބައްލަވާ. މި ރަށުގައިވާ ބަނީއިސްރާއީލު މީހުންނާ އަދި ޖެރޫސަލަމުގެ ބަނީއިސްރާއީލު އެންމެން ވެސް މިމީހާ ކުށްވެރިކޮށް އަޅުގަނޑަށް ވަނީ ހުށައަޅާފަ. އެމީހުން ގަދައަޅާ ބުނަނީ މީނާ އަށް ދިރިހުރުން ޙައްޤެއް ނޫން ކަމުގަ. އެމީހުން އަޅުގަނޑުގެ ކިބައިން އެދެނީ އޭނާއަށް މަރުގެ އަދަބު ދިނުމަށް ޙުކުމް ކުރުމަށް.


ބަނީއިސްރާއީލު ނޫން ދަރިކޮޅުގެ މީހުންނަށް ލިބިދޭ ދިންނެވުމުގެ ވަޢުޡު އިއްވުން ހުއްޓުވުމަށް ބަނީއިސްރާއީލުން މަސައްކަތް ކުރެއެވެ. މިފަދައިން އަމަލުކުރުމުން ބަނީއިސްރާއީލުންގެ ފާފަތައް ގިނަވެ، އެމީހުންގެ ފާފައިގެ ހައްދުފަހަނަޅައި ދެއެވެ. އެންމެފަހުން މާތްރަސްކަލާނގެ ކޯފާ އެބައިމީހުންގެ މައްޗަށް ފޮނުއްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ