Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:9 - ކިތާބުލް މުޤައްދަސާ

9 އޭނާގެ އަދި މީހަކާ ނީންނަ ބޮޑުވެފައިވާ ހަތަރު އަންހެންދަރިން ވިއެވެ. އެ ހަތަރު ކުދިން ވެސް މާތްރަސްކަލާނގެ އަންގަވަމުން ދިޔަ ވަޙީ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:9
13 ပူးပေါင်းရင်းမြစ်များ  

ދެން ހާރޫނުގެފާނުގެ ދައްތަ ނަބީ މަރިޔަމް ތާރައެއް ހިފައިގެން އައިސް ޖަހަން ފެށުމުން ދެންތިބި އަންހެންވެރިން ވެސް ތާރަ ޖަހައި ނަށަން ފަށައިފިއެވެ.


މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވުމަށް ވާ ވަޙީބަސްފުޅަކައިގެން ވީ ބޭކަނބަލަކު އެތާނގައި ވިއެވެ. އޭނާއަކީ އަޝޭރުގެ ދަރިކޮޅުން އައި ފަނުއިލުގެ އަންހެން ދަރި އަންނާއެވެ. މީނާއަކީ މިހާރު ވަރަށް މުސްކުޅިވެފައިވާ މީހެކެވެ. އޭނާ މީހަކާ އިނދެ ހަތް އަހަރު ވެފައި ވަނިކޮށް


އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.


އެކަލާނގެ ނަބީ ޔޮއެލްއަށް ވަޙީ ކުރެއްވި: ’⁠ތިމަންކަލާނގެ އިންސާނުންނަށް ތިމަންކަލާނގެ މާތްރޫޙުފުޅު ފޮނުއްވާނީ ފަހު ޒަމާނުގެ ދުވަސްވަރު އޭ. އޭރުން ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެން ދަރިން ތިމަންކަލާނގެ އެމީހުންނަށް އަންގަވާ ވަޙީ ބަސްފުޅުތައް ހާމަކޮށްދޭނޭ. ކަލޭމެންގެ ތެރެއިން ޒުވާން ފިރިހެނުން ތިމަންކަލާނގެ ދައްކަވާ އަލާމާތްތައް ދެކޭނޭ. އަދި ކަލޭމެންގެ ތެރެއިން ދުވަސްވީ ފިރިހެނުންނަށް ތިމަންކަލާނގެ ދައްކަވާ ހުވަފެންތައް ފެންނާނޭ.


ނަމަވެސް ތިޔަބައިމީހުންނާއި އަހަރެން ދެކޮޅުވާ ކަމަކީ މިއީ: ތިޔަބައިމީހުން އީޒާބަލްއޭ ކިޔާ އަންހެނާ އާއިމެދު ކެތްތެރިވި. އޭނާ އަމިއްލަ ނަފްސަށް އޭނާއަކީ މާތްރަސްކަލާނގެ ފޮނުއްވި ރަސޫލެއް ކަމަށް ދަޢުވާކުރޭ. އަދި އޭނާގެ އުނގަންނައި ދިނުންތަކުން އަހަރެންގެ ޚާދިމުންނަށް ނުބައިވެގެންވާ މަގު ދައްކުވައި ޖިންސީ ފާފަތަކަށް އަރައިގަތުމަށް އާދަ ކުރުވައި، ބުދުތަކަށް ޤުރުބާން ކުރެވުނު ތަކެތި ކެއުމަށް އެންގި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ