Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:5 - ކިތާބުލް މުޤައްދަސާ

5 ނަމަވެސް ހަމަ އެ ހަފްތާ ހަމަވުމާއި އެކު އަހަރެމެން އަނެއްކާވެސް އަހަރެމެންގެ ދަތުރުގައި ކުރިއަށް ދިޔައީމެވެ. އީސާގެފާނަށް އީމާންވެގެންވީ ޖަމާޢަތުގެ ހުރިހާ ފިރިހެނުން އެމީހުންގެ އަނބިންނާއި ދަރިންނާއި އެކު އަތިރިމައްޗަށް އަހަރެމެން ފުރުވަން އައެވެ. އަދި އެތާނގައި އަހަރެމެން އެންމެން ކަކޫ މައްޗަށް ތިރި ވެ މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރީމެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:5
15 ပူးပေါင်းရင်းမြစ်များ  

އަންހެނުންނާއި ކުޑަކުދިން ނުގުނާ ގާތްގަނޑަކަށް ފަސްހާސް ފިރިހެނުން އެތަނުގައި ކެއެވެ.


ޖުޒާމުބަލި ޖެހިފައިވާ ފިރިހެނަކު އީސާގެފާނުގެ އަރިހަށް އައިސް ކަކޫމައްޗަށް ތިރިވެ އާދޭސް ދެންނެވިއެވެ. ”⁠ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


ދެން އެކަލޭގެފާނު އެމީހުންނާއި ތަންކޮޅެއް ދުރަށް ވަޑައިގެން ކަކޫފުޅު މައްޗަށް ތިރިވެ ދުޢާފުޅު ކުރައްވަން ފެއްޓެވިއެވެ.


އީސާގެފާނުގެ ޖަމާޢަތުގެ މީހުން މި ވަފުދު ޖެރޫސަލަމަށް ފޮނުވުމުގެ ދަތުރުގެ ހުރިހާކަމެއް ހަމަޖައްސާދިނެވެ. މިމީހުން ފެނީސިޔާއާއި ސަމީރިއްޔާގެ ތެރެއިން ދަތުރުކޮށް ދިޔަމަގުމަތީ ބަނީއިސްރާއީލު މީހުން ނޫން މީހުން މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަމުން ދާ ކަމުގެ ޚަބަރުތައް ދެމުން ދިޔައެވެ. މި ޚަބަރު ލިބުމުން އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ހިތްތައް އުފަލުން ފުރުނެވެ.


ރޭގަނޑުވުމާއި އެކު އީމާންވެގެންވީ މީހުން ޕައުލް އާއި ސިލާހު އެ ރަށުން ބެރޭއާއަށް ފޮނުވާލިއެވެ. އެ ރަށަށް ގޮސް، އެމީހުން އެ ރަށުގެ ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަށް ދިޔައެވެ.


ޕައުލް މި ވާހަކަތައް ދެއްކުމަށް ފަހު ކަކޫމައްޗަށް ތިރިވެ އެމީހުންނާއި އެކު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރިއެވެ.


އެއީ ދެން ދުވަހަކު ވެސް އެމީހުންނަށް ޕައުލް އާއި ބައްދަލު ނުވާނެ ވާހަކަ އިވުމުންނެވެ. ދެން އެމީހުން ޕައުލް އާއި އެކު އޭނާ ފުރާ އޮޑީގެ ކައިރިއަށް ދިޔައެވެ.


ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”⁠ތަބިތާ، ތެދުވޭ.⁠“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ