Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:4 - ކިތާބުލް މުޤައްދަސާ

4 އަހަރެމެން އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުން ހޯދާ އެމީހުންނާއި ބައްދަލު ކުރީމެވެ. އަދި އެމީހުންގެ ގާތު ހަފްތާއެއް ވަންދެން މަޑު ކުރީމެވެ. އެމީހުންނަށް މާތްރޫޙުފުޅު އެންގެވީ، ޕައުލް ޖެރޫސަލަމަށް ނުދިއުމަށް ބުނެ އެންގުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:4
11 ပူးပေါင်းရင်းမြစ်များ  

ތިޔަބައިމީހުން ސަހަރަކަށް ނުވަތަ އަވަށަކަށް ވަދެވުމުން އެތަނުން ތިޔަބައިމީހުންނަށް މެހުމާންދާރީ އަދާކުރާނޭ ފަދަ މީހަކު ހޯދާތި. އަދި ފުރަން ވެއްޖައުމަށް ދާންދެން އެ ގެއެއްގައި ތިބޭތި.


ބަރުނައްބާސް ޝާއުލް ގޮވައިގެން އެނބުރި އަންތީޔޮކުއަށް އައެވެ. އެދެމީހުން އެ ރަށުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ ޖަމާޢަތުގެ މީހުން ކާރީ އެމީހުންނަށް ކިޔަވާދިނުމަށް އެއްއަހަރު މަޑު ކުރިއެވެ. ފުރަތަމަ ފަހަރަށް އީސާގެފާނު ގަބޫލުކޮށް އީމާންވެ އެކަލޭގެފާނުގެ ބަސްތަކާއި އެއް ފަދައިން އަމަލު ކުރާ މީހުންނަށް މަސީޙީންނޭ ކިޔުނީ އެ ރަށުގައެވެ.


އަކޭޔާގެ ކޮރިންތުގައި އަޕޯލޮސް ވީދުވަސް ވަރު، ޕައުލް ފަރީޖިޔާ އާއި ގަލާތިޔާގެ ހިސާބުތަކުގައި ދިގު ދަތުރެއް ކުރަމުން ދިޔައެވެ. އެހެން ދަތުރުކުރަމުން ގޮސް ޕައުލް އެފޭސުސްއަށް ވެސް ދިޔައެވެ. އަދި އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާ ޕައުލްއާއި ބައްދަލުވިއެވެ.


ކައިސަރިޔާގެ އީސާގެފާނަށް އީމާންވެގެން ތިބި ބައެއް މީހުން ވެސް އަހަރެމެންނާއި އެކު ޖެރޫސަލަމަށް ދިޔައެވެ. އެމީހުން އަހަރެމެން ގެންދިޔައީ މުނާސަންގެ ގެއަށެވެ. މި މުނާސަން އަކީ ސައިޕުރަސްގެ މީހެކެވެ. މީނާ ވެސް މިއީ އެންމެ ކުރިން ފެށިގެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މީހެކެވެ.


އެރަށުގައި އަހަރެމެން އެއްހަފްތާ މަޑުކުރި މަޑުކުރުމުގައި އެ ރަށުގެ އީސާގެފާނަށް އީމާންވެގެން ތިބި ބަޔަކާއި އަހަރެމެންނާއި ބައްދަލުވިއެވެ. އެމީހުން އެދުމުން އަހަރެމެން އެ ރަށުގައި އެމީހުންގެ ގާތުގައި ތިބީމެވެ. ދެން އެންމެފަހުން އަހަރެމެން ރޯމުކަރަޔަށް ދިޔައީމެވެ.


ތިމަން ކަލޭގެފާނަށް އީމާންވުމުގެ ސަބަބުން އޭނާއަށް ލިބޭނެ އަނިޔާ ތިމަންކަލޭގެފާނު އޭނާއަށް އަންގައިދޭނަން.⁠“


އަދި މިއެއް ވެސް ނޫނެވެ. އޭނާ ރޯމަށް އައިސް އަހަންނާ ބައްދަލުވުމަށްޓަކައި އަހަރެން ހުރިތަނެއް ވެސް ހޯދިއެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ