Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:37 - ކިތާބުލް މުޤައްދަސާ

37 ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:37
8 ပူးပေါင်းရင်းမြစ်များ  

އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


ޕައުލް އެތަނަށް ގޮސް އެތަނަށް އެއްވެފައިވާ މީސްތަކުންނާއި ވާހަކަދެއްކުމަށް ގަސްތު ކުރިއެވެ. ނަމަވެސް އީމާންވެގެން ތިބި މީސްތަކުން އޭނާ މި ފަދައިން ކަން ކުރިއަކަށް ނުދިނެވެ.


ޕައުލް އެމީހުންނާއި ބައްދަލުކޮށް، ސަލާންކޮށް ހަދާ، މާތްރަސްކަލާނގެ އޭނާ މެދުވެރިކޮށް ބަނީއިސްރާއީލު މީހުން ނޫން މީސްތަކުންގެ މެދުގައި މާތްރަސްކަލާނގެ ކުރެއްވި ހުރިހާ ކަންތައްތަކެއްގެ ވާހަކަތައް ފުރިހަމައަށް ކިޔާދީ، ތަފްސީލު ކޮށްދިނެވެ.


އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްބަޔަކު އެކައްޗެކޭ އަދި އަނެއްބަޔަކު އަނެކައްޗެކޭ ކިޔާ ހަޅޭލަވަންފެށިއެވެ. މީސްތަކުންގެ ހަޅޭކުގެ ސަބަބުން ސިފައިންގެ ކޮމާންޑަރަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލުމުން އޭނާ އެންގީ ޕައުލް ސިފައިން ގެއަށް ގެންދިއުމަށެވެ.


ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ