Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:34 - ކިތާބުލް މުޤައްދަސާ

34 އެއްވެފައިވާ މީސްތަކުންގެ ތެރެއިން އެއްބަޔަކު އެކައްޗެކޭ އަދި އަނެއްބަޔަކު އަނެކައްޗެކޭ ކިޔާ ހަޅޭލަވަންފެށިއެވެ. މީސްތަކުންގެ ހަޅޭކުގެ ސަބަބުން ސިފައިންގެ ކޮމާންޑަރަށް މި ވެގެން އުޅޭގޮތެއް އެއްގޮތަކަށް ވެސް އޮޅުން ނުފިލުމުން އޭނާ އެންގީ ޕައުލް ސިފައިން ގެއަށް ގެންދިއުމަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:34
8 ပူးပေါင်းရင်းမြစ်များ  

އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ.


ސިފައިން ޕައުލް ގެންގޮސް ސިފައިންގެ ކޮއްޓަށް ވައްދަނިކޮށް ޕައުލް ސިފައިންގެ ކޮމާންޑަރަށް ބުންޏެވެ. ”⁠އަޅުގަނޑު ތިޔަބޭފުޅާއަށް ބަހެއް ބުނުމުގެ ހުއްދަ އެބައޮތް ތޯ؟⁠“ ސިފައިންގެ ކޮމާންޑަރު ބުންޏެވެ. ”⁠ކަލެއަށް ގުރީކު ބަސް އެނގޭ ތަ؟⁠“


ސިފައިންގެ ކޮމާންޑަރު ޕައުލް ސިފައިންގެ ކޮށީގެ ތެރެއަށް ވައްދާ އޭނާ ގައިގައި ހަންމުށިން ތެޅުމަށް އެންގިއެވެ. އޭނާ މި ގޮތަށް ކަންތައް ކުރީ އޭރުން ޕައުލް އޭނާގެ ކުށަށް އިޢުތިރާފު ވޭތޯ ބެލުމަށެވެ. އެއީ މީހުން އޭނާ ދެކެ އެވަރަށް ރުޅިއައިސްގެން އެ އުޅޭ ސަބަބެއް އޭނާއަށް އޮޅުން ނުފިލައިގެންނެވެ.


އަނެއް ދުވަހު ސިފައިންގެ ކޮމާންޑަރު ޕައުލްގެ އަތާއި ފައިގައި އެޅުވިފައިވީ ބިޑި ނައްޓާލުމަށް އެންގިއެވެ. އޭނާ ބޭނުންވީ ބަނީއިސްރާއީލުގެ ވެރިން ޕައުލް އާއި މެދު މި ހުށައަޅަނީ ކޮން މައްސަލައެއް ތޯ ރަނގަޅަށް ބަލާ ހޯދުމަށެވެ. އެހެން ކަމުން އޭނާ އެންގީ ބޮޑު އިމާމުންނާއި އަދި ބަނީއިސްރާއީލު މީހުންގެ ވެރިން އެއްވުމަށެވެ. ދެން ސިފައިންގެ ކޮމާންޑަރު ޕައުލް މަތީ އިމާމުންނާއި ބަނީއިސްރާއީލުގެ ދީނީކޯޓުގެ މެމްބަރުންގެ ކުރިމައްޗަށް ގެންދިޔައެވެ.


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


ނަމަވެސް ޕައުލްއަށް ބޮޑުބޭބެ ކިޔާ ކުއްޖަކަށް މިޚަބަރު ލިބުމުން އޭނާ ސިފައިންގެ ކޮއްޓަށް ގޮސް ޕައުލްއަށް މިޚަބަރު ދިނެވެ.


އަދި އަނެއްދުވަހުގެ ހެނދުނު ފައިމަގުގެ ސިފައިން އެނބުރި ސިފައިންގެ ކޮއްޓަށް ދިޔައެވެ. ދެން އެހިސާބުން އަހުގެ ސިފައިން ޕައުލް ގޮވައިގެން ކައިސަރިޔާއަށް ދަތުރު ކުރިއެވެ.


ނަމަވެސް މީނާގެ ކުށާއި ބެހޭ ގޮތުން ހުށައެޅުމަށް ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް ލިޔާނެ އެއްވެސް އެއްޗެއް އަޅުގަނޑަކަށް ނޭނގެ. އެހެން ކަމުން މިއަދު އޭނާ ތިޔަ އެންމެ ހާ ބޭފުޅުންގެ ކުރިފުޅުމައްޗަށް އަދި ޚާއްސަ ކޮށް އަގިރިފާ ރަސްގެފާނުގެ ކުރިފުޅުމައްޗަށް މި ހާޒިރު ކުރީ ތިޔަބޭފުޅާ ވެސް އޭނާ އާއި ސުވާލު ކުރައްވާ ހޯއްދަވާ އޮޅުންފިލުއްވާ އަޅުގަނޑު ރޯމުގެ ރަސްގެފާނަށް ލިޔާނެ ބަސްފުޅެއް އަޅުގަނޑަށް އޮޅުން ފިލާނެ ކަމުގެ އުންމީދުގަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ