Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:32 - ކިތާބުލް މުޤައްދަސާ

32 ހަމަ ވަގުތުން އޭނާ އޮފިސަރުންނާއި ބައެއް ސިފައިން ގޮވައިގެން އެންމެންގަނޑު އެއްވެފައިވާ ތަނަށް އައެވެ. މީސްތަކުންނަށް ސިފައިންގެ ކޮމާންޑަރާއި ސިފައިން އެތަނަށް އަންނަތަން ފެނުމާއި އެކު ޕައުލް ގައިގައި ތެޅުން ހުއްޓާލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:32
8 ပူးပေါင်းရင်းမြစ်များ  

ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.


ދެން އެމީހުން ދީނީ މަރުކަޒުގެ ވެރިއަކަށް ހުރި ސޮސްތީނު ހިފައި ހައްޔަރުކޮށް އެ ކޯޓުގެ ކުރިމަތީގައި އޭނާ ގައިގައި ތަޅާ އަނިޔާ ކުރިއެވެ. ނަމަވެސް ގާލިއޯ އޭގެން އެއްވެސް ކަމަކާ އަޅާ ވެސް ނުލިއެވެ.


ނަމަވެސް އަޅުގަނޑު މާތް ސާހިބާއަށް ދެންނެވީން. ’⁠އެތައް ދީނީ މަރުކަޒުތަކެއްގައި އަޅުގަނޑު މާތް ސާހިބާއަށް އީމާންވެގެން ތިބި މީހުންނަށް އަނިޔާކޮށް ހައްޔަރުކޮށް ހެދިކަން މި ރަށުގެ އެންމެންނަށް ވެސް އެނގޭނޭ.


އަޅުގަނޑު މިސިޓީ އާއި އެކު މިފޮނުވާ މީހާ ބަނީއިސްރާއީލު މީހުން ހައްޔަރުކޮށް އޭނާ މަރާލަން ގަސްތު ކުރިއެވެ. އެހެން ކަމުން އަޅުގަނޑު އަޅުގަނޑުގެ ސިފައިން ގޮވައިގެން ގޮސް އޭނާ ސަލާމަތް ކުރީމެވެ. އެއީ އަޅުގަނޑަށް އޭނާއަކީ ރޯމުގެ ރައްޔިތެއްކަން އެނގުމުންނެވެ.


މީނާ ބައިތުލް މަޤްދިސް ވެސް ނުތާހިރު ކުރަން އުޅުނު. އަޅުގަނޑުމެން މީނާ ހައްޔަރު ކުރީ އެހެންވެ. {


ގަމަލީލުގެ މި ބަސްތަކަށް ބަނީއިސްރާއީލުގެ ވެރިން އެއްބަސްވިއެވެ. ދެން އެމީހުން އީސާގެފާނުގެ މަންދޫބުން އަނބުރާ އެތަނަށް ގެނެސް އެމީހުންގައިގައި ތެޅުމަށް ނިޔާކަނޑައެޅިއެވެ. އަދި ހަމަ އެވަގުތު ބައިތުލް މަޤްދިސްގެ ސިފައިން އެމީހުންގައިގައި ހަންމުށިއެޅިއެވެ. އެއަށް ފަހު ދެން ދުވަހަކު ވެސް އީސާގެފާނުގެ ނަމުގައި އެއްވެސް ވާހަކައެއް ނުދެއްކުމަށް އަމުރުކޮށް އިންޒާރުކޮށްފައި އީސާގެފާނުގެ މަންދޫބުން ފޮނުވާލިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ