Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:31 - ކިތާބުލް މުޤައްދަސާ

31 މި އެއްވި އެންމެން ވެގެން ޕައުލް މަރާލަން އުޅެނިކޮށް ޖެރޫސަލަމުގައި ބަޣާވަތެއް ހިނގައިގެން އުޅޭ ޚަބަރު ރޯމު ސިފައިންގެ ކޮމާންޑަރަށް ލިބުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:31
19 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެބައިމީހުން ބުންޏެވެ. ”⁠މި ޢީދުގެ ތެރޭގައި އަހަރެމެން އެކަންތައް ކޮށްގެން ނުވާނެ. ނޫންނަމަ މީހުން އަރައިގަނެ ހައިޖާނު ހައްދަފާނެ.⁠“


އެއަށް ފަހު ސިފައިން އައިސް ގަވަރުނަރު ޕިލާތުސްގެ ގަނޑުވަރުގެ ތެރެއަށް އީސާގެފާނު ގެންދިޔައެވެ. އަދި އެ ހުރިހާ އެންމެން އެކަލޭގެފާނު ވަށައިލިއެވެ.


އަދި އެބައިމީހުންގެ ތެރޭގައި މަޝްވަރާ ކުރެވުނެވެ. ”⁠އަހަރެމެން މިކަން ކުރަންވާނީ މި ޢީދު ތެރޭގައެއް ނޫން. އަހަރެމެން މި ޢީދު ތެރޭގައި މިކަން ކޮށްފިނަމަ މީސްތަކުން އަހަރެމެންނާއި ދެކޮޅަށް ބަޣާވާތްކުރާނެ.⁠“


ކަލޭމެން ދީނީ މަރުކަޒުތަކުން ބޭރުކޮށްލެވޭނެ. އަދި ކޮބާ، ކަލޭމެން މެރުމަކީ މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ހެޔޮކަމެއް ކަމުގައި މީސްތަކުން ދެކޭނެ ފަދަ ދުވަހެއް ވެސް އެބައާދޭ.


ދެން ރޯމުގެ ސިފައިންގެ އޮފިސަރާއި އޭނާގެ ސިފައިންނާއި ބައިތުލް މަޤްދިސްގެ ސިފައިން އެކުވެ އީސާގެފާނު ބަނދެ ހައްޔަރުކުރިއެވެ.


ރޯމުގެ ސިފައިންގެ އޮފިސަރެއް ކަމުގައިވާ ކޮރުނޭލިޔުސް އޭ ކިޔުނު މީހަކު ކައިސަރިޔާގައި އުޅުނެވެ. މީނާއަކީ އިޓަލީގެ ސިފައިންގެ ސެކްޝަން ގެ ވެރިއެކެވެ.


ނަމަވެސް މި ތަންދެކެ ބަނީއިސްރާއީލު މީހުންގެ ވެރިން ވަރަށް ހަސަދަވެރިވިއެވެ. ދެން އެމީހުން ބާޒާރުމަތީ އުޅޭ ތާކުންތާކު ނުޖެހޭ ނުބައި މީހުންގެ ބައިގަނޑެއް އެއްކޮށް ރަށުތެރޭ ހަމަނުޖެހުންތައް އުފެއްދިއެވެ. އަދި ޕައުލް އާއި ސިލާހު ހަވަރަށް ދިނުމަށްޓަކައި ހޯދަމުން ގޮސް ޖޭސަން އޭ ކިޔުނު މީހެއްގެ ގެޔަށް ވެސް އެމީހުން ހަމަލަދިނެވެ.


މިއަދު މި ވީ ކަންތައްތަކުގެ ސަބަބުން އަހަރެމެންގެ ބޮލުގައި ބަޣާވަތެއް ފެށިކަމުގެ ކުށް ވެސް އެޅިދާނެއޭ. އެ ފަދައިން ކަންވާންވި އެއްވެސް ސަބަބެއް ވެސް ނެތޭ. އަދި މި ހަމަނުޖުހުން މި އުފެދުނީ ކީއްވެކަން ވެސް އަހަރެމެންނަށް ރަނގަޅަށް ބަޔާންކޮށް ދެއްކޭކަށް ނެތޭ.⁠“


”⁠އެހެންވީއިރު ދެން ކަލެއަކީ މީގެ ދުވަސްކޮޅެއް ކުރިން ބަޣާވަތެއް އުފައްދާ ހަތަރުހާސް ބާޣީން ހަނަފަސް ހިކިސަހަރާގެ ބިމަށް ގެންދިޔަ މިޞްރުގެ މީހާއެއް ނޫންތަ؟⁠“


ޕައުލްގެ ވާހަކަ މި ހިސާބަށް ދަންދެން އެއްވެފައިވާ މީހުންގަނޑު މަޑުވެ ތިބެ އަޑު އެހި ނަމަވެސް ދެން އަނެއްކާވެސް އެމީހުން ހަޅޭއްލަވަންފެށިއެވެ. ”⁠މިމީހާ ނައްތަލާ. ތިޔަ ކަހަލަ މީހަކަށް ދިރިހުރުން ޙައްޤެއް ނޫން.⁠“


ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”⁠މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.⁠“


ގަވަރުނަރު ފެލިކުސް އީސާގެފާނާއި އެކަލޭގެފާނު އެންގެވި ބަސްފުޅުތާކާ ބެހޭ ވާހަކަތަކުގެ ޚަބަރުތައް ވަނީ އައްސަވާ އޮޅުންފިލުއްވާފައެވެ. ދެން އޭނާ އެހިސާބުން މެދު ކަނޑާލާ ވިދާޅުވިއެވެ. ”⁠ކޮމާންޑަރު ލިސިޔާހު އައުމުން އަހަރެން ކަލޭގެ ޝަރީއަތް ވަކި ގޮތަކަށް ނިންމާނަން.⁠“


މީނާ ބައިތުލް މަޤްދިސް ވެސް ނުތާހިރު ކުރަން އުޅުނު. އަޅުގަނޑުމެން މީނާ ހައްޔަރު ކުރީ އެހެންވެ. {


އަޅުގަނޑުމެން ގަސްތު ކުރީ މީނާއާއި މެދު އަޅުގަނޑުމެންގެ އަމިއްލަ ގަވާއިދާއި ޤާނޫނުގެ މަތިން ޝަރީއަތް ކުރުމަށް. ނަމަވެސް ކޮމާންޑަރު ލިސިޔާހު މީނާ ގަދަކަމުން އަޅުގަނޑުމެންގެ އަތުން އަތުލައިގެން ގެންދިޔަ. އަދި ކޮމާންޑަރު ލިސިޔާހު އަޅުގަނޑުމެންނަށް އެންގީ އަޅުގަނޑުމެން މީނާއާއި ދޭތެރޭ ކުރާ ޝަރީއަތް ތިޔަބޭފުޅާގެ ކުރިފުޅުމައްޗަށް ހުށައެޅުމަށް.}


އަނެއްދުވަހު އަގިރިފާ ރަސްގެފާނާއި ބެރެނީޒު ވަރަށް އިއްޒަތުގެ ގޮތްތައް ދައްކާ ދަރުބާރުގެއަށް ވަޑައިގެންނެވިއެވެ. އެބޭފުޅުންނާއި އެކު މަތީ ސިފައިންގެ އޮފިސަރުންނާއި އަދި އެ ރަށުގެ ހުރިހާ މަތީ މީހުން ވެސް އެތަނަށް ވަޑައިގެންނެވިއެވެ. ދެން ގަވަރުނަރު ފެސްތުސް ޕައުލް އެތަނަށް ހާޒިރު ކުރުމަށް އެންގެވިއެވެ.


ބަނީއިސްރާއީލު މީހުން އަޅުގަނޑު ބައިތުލް މަޤްދިސްގައި ވަނިކޮށް ހައްޔަރުކޮށް މަރާލަން އުޅުނީ މި ކަންތައްތަކުގެ ސަބަބުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ