Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:3 - ކިތާބުލް މުޤައްދަސާ

3 އަހަރެމެން ސައިޕުރަސްއާއި ވަރަށް ކައިރިން އެރަށް ފެންނަ ހިސާބުން ދަތުރުކޮށް ދިޔައީމެވެ. އެދިމާލުން އަހަރެމެން ދެކުނަށް މިޞްރާބު ޖަހާ ދަތުރުކޮށް ދިޔައީ ސޫރިޔާއަށެވެ. ދެން އެއޮޑި ގޮސް ލެފީ ސޫރިޔާގެ ރަށެއް ކަމުގައިވާ ޞޫރު އަށެވެ. އެއީ މި އޮޑިއަކީ އެ ރަށަށް މުދާ ހިފައިގެން ދިޔަ އޮޑިކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:3
22 ပူးပေါင်းရင်းမြစ်များ  

އޭގެ ފަހުން އެކަލޭގެފާނު އަރާމީންގެ ވެރިރަށް ދިމިޝްޤުގައި ސިފައިންގެ ޖަގަހަތަކެއް ޖަހައިފިއެވެ. އަދި އަރާމީންނަކީ ވެސް އެކަލޭގެފާނަށް ޖިޒީ ދައްކަން ޖެހޭ ބައެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. މިގޮތުން ދާއޫދުގެފާނު ވަޑައިގެންނެވި ހުރިހާ ތަނަކުން ވެސް އެކަލޭގެފާނަށް މާތްރަސްކަލާނގެ ފަތަޙަ ދެއްވިއެވެ.


އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ކޮރާޒިންގެ އަހުލުވެރިންނޭ! ބެތުސައިދާގެ އަހުލުވެރިންނޭ! ތިޔަ ދެ ސަހަރަށް ބޮޑު ހިތާމައެއް ހުރި! ތިޔަ ދެ ސަހަރުގެ އަހުލުވެރިންނަށް ދެއްކެވި މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގެ އަހުލުވެރިންނަށް ދެއްކެވި ކަމުގައިވާނަމަ އެމީހުން މޮޅިވެރިކަމުގެ ހެދުންތައް ލައި ބޮލަށް އަޅި އަޅައި އެމީހުން ތައުބާވެއްޖެތާ ކިތަންމެ ދުވަހެއް.


މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


”⁠ކޮރާޒިންގެ މީހުންނޭ ތިޔަ ރަށަށް ހިތާމަ ހުރި! ބެތުސައިދާގެ މީހުންނޭ ތިޔަ ރަށަށް ވެސް ހިތާމަ ހުރި! ތިޔަ ދެރަށުގައި ދެއްކުނު ފަދަ މުޢުޖިޒާތްތައް ޞޫރު އާއި ޞައިދޫންގައި ދެއްކުނު ނަމަ އެ ދެރަށުގެ މީހުން ވެސް މޭގައި ތަޅާ ރޮއި ބިންމައްޗަށް ވެއްޓި ތައުބާވާނެ ކަން ޔަޤީން.


އިސްތިފާނު މަރާލި މީސްތަކުން އީސާގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި އެހެން މީހުންނަށް ވެސް ވަރަށް ގިނަ އުނދަގޫތަކާ އަނިޔާތައް ދިނެވެ. އެކަމުގެ ސަބަބުން އީސާގެފާނަށް އީމާންވެގެން ތިބި ވަރަށް ގިނަ ބަޔަކު ވަކި ވަކި ވެ ވިއްސިވިހަވާލި ވެގެން ދިޔައެވެ. މީގެ ތެރެއިން ބައެއްމީހުން ފެނީސިޔާއާއި ސައިޕުރަސް އާއި އަންތީޔޮކުގައި ދަތުރުކޮށް އީސާގެފާނާއި ބެހޭ ޚަބަރުފުޅުތަކާ އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދިނެވެ. ނަމަވެސް މިމީހުން މި ކަންތައްތައް އަންގައިދީ ވާހަކަދައްކާ އުޅުނީ ހަމައެކަނި ބަނީއިސްރާއީލު މީހުންނާއެވެ.


ޞޫރު އާއި ޞައިދޫންގެ ރައްޔިތުންނާއި ހެރޮދު އާއި ދެމެދުގައި ވަނީ ހަމަނުޖެހުން އުފެދިފައެވެ. ނަމަވެސް ޞޫރު އާއި ޞައިދޫންގެ ރައްޔިތުން ހެރޮދު ރަސްގެފާނާއި ސުލްޙަވުމަށް އެދި އައެވެ. އެއީ އެދެރަށުގެ މީހުން ކެއުމަށް ބޭނުން ކުރާ ހުރިހާ ގޮވާމެއް ގަންނަނީ ހެރޮދުގެ ވެރިކަމުގެ ދަށުގައި ވާ ސަރަހައްދުގެ ބިންތަކުންނެވެ. އެމީހުން މި ގޮތަށް ކަން ކުރުމަށްޓާކާ އެ ރަސްގެފާނުގެ ޚާއްސަ ވަޒީރަކު ކަމުގައިވާ ބުލާސްތުސް އާއި ވާހަކަދައްކާ އޭނާ އެމީހުންގެ ކޮޅަށް ޖެއްސިއެވެ.


ބަރުނައްބާސް އާއި ޝާއުލް މާތްރޫޙުފުޅު އެމީހުން ފޮނުއްވި މަގުގައި ކުރިއަށް ދިޔައެވެ. އެ ގޮތުން އެންމެ ފުރަތަމަ އެމީހުން ދިޔައީ ސެލޫސިޔާއޭ ކިޔުނު ބަނދަރުމަތީގެ ރަށަށެވެ. އެ ރަށުން އެމީހުން އޮޑިއެއްގައި ދަތުރުކޮށް ދިޔައީ ސައިޕުރަސް އަށެވެ.


އަދި އެމީހުންނާއި އެކު ތިރީގައި މި ބަޔާން ކުރެވޭ ސިޓީ ވެސް ފޮނުވުނެވެ. މި ސިޓީ މި ފޮނުވުނީ އީސާގެފާނުގެ މަންދޫބުންނާއި އަދި އެކަލޭގެފާނު ގަބޫލުކޮށް އީމާންވެގެން ތިބި މީހުންގެ ޖަމާޢަތުގެ ބޮޑުންގެ ފަރާތުންނެވެ. ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ އީސާގެފާނަށް އީމާންވެގެން ތިބި އަންތީޔޮކު އާއި ސޫރިޔާއާއި އަދި ސިލީސިޔާގެ ޖަމާޢަތުގެ މީހުންނަށް އަހަރެމެން ސަލާމާއި ހެޔޮއެދުން ފޮނުވަމެވެ.


ނަމަވެސް މި ކަމުގައި ޕައުލް އާއި ބަރުނައްބާސް އާއި ދެމެދުގައި ވަރަށް ބޮޑު ދެބަސްވުމެއް ހިނގިއެވެ. އެކަމުގެ ސަބަބުން އެދެމީހުން ވަކި ވެ ދެމީހުން ދެ މަގުން ދިޔައެވެ. ދެން ބަރުނައްބާސް މަރުކުސް އާއި އެކު އޮޑިއެއްގައި ސައިޕުރަސް އަށް ދަތުރުކުރިއެވެ.


ދެން ޕައުލް ސިލާހު އާއިއެކު ސޫރިޔާ އާއި ސިލީސިޔާގެ ހިސާބުތަކުގައި ދަތުރުކޮށް އެތަންތާގައި ހުރި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތްތަކަށް ހިތްވަރު ދީ ބާރުދެމުން ގެންދިޔައެވެ.


އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.


ކައިސަރިޔާގެ އީސާގެފާނަށް އީމާންވެގެން ތިބި ބައެއް މީހުން ވެސް އަހަރެމެންނާއި އެކު ޖެރޫސަލަމަށް ދިޔައެވެ. އެމީހުން އަހަރެމެން ގެންދިޔައީ މުނާސަންގެ ގެއަށެވެ. މި މުނާސަން އަކީ ސައިޕުރަސްގެ މީހެކެވެ. މީނާ ވެސް މިއީ އެންމެ ކުރިން ފެށިގެން ވެސް އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މީހެކެވެ.


އެ ރަށުން އަހަރެމެން ފުރީ ސޫރިޔާގެ ސަރަހައްދުގެ ރަށެއް ކަމުގައިވާ ފެނީސިޔާއަށް ދިޔަ އޮޑިއެއްގައެވެ.


ޞޫރު އިން ފުރައިގެން އަހަރެމެން ދިޔައީ ފަތުލަމާއިސް އަށެވެ. އެ ރަށުގައިވާ އީސާގެފާނަށް އީމާންވެގެން ތިބި މީހުންގެ ގާތުގައި އަހަރެމެން އެއް ދުވަހު މަޑު ކުރީމެވެ.


އަހަރެމެން ޞައިދޫނުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ ސައިޕުރަސްގެ ވައިދަށުން ލާފައެވެ. އެއީ ވައިޖެހެމުން އައީ ކުރިމަތިން ކަމަށް ވީމައެވެ.


އީސާގެފާނަށް އީމާންވީ މީސްތަކުންގެ ތެރެއިން މި ފަދައިން ކަން ކުރި އެކަކީ ލާވީގެ ދަރިކޮޅުގެ ޔޫސުފުއެވެ. މި ޔޫސުފަކީ ސައިޕުރަސްގެ މީހެކެވެ. އޭނާގެ އަތުގައި ވީ ދަނޑުބިމެއް ވިއްކާލާ އެ ލާރި ގެނެސް އީސާގެފާނުގެ މަންދޫބުންނާއި އޭނާ ހަވާލު ކުރިއެވެ. މި ޔޫސުފުއަށް މަންދޫބުން ބަރުނައްބާސް އޭ ކިޔާ ނަންދިނެވެ. ބަރުނައްބާސްގެ މާނައަކީ އެހެން މީހުންނަށް ހިތްވަރު ދޭ މީހާ އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ