Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަންދޫބުންގެ މަސައްކަތް 21:26 - ކިތާބުލް މުޤައްދަސާ

26 ދެން ޕައުލް އެމީހުން ބުނި ގޮތާއި އެއްބަސްވެ، އެ ހަތަރު މީހުންނާއި އެކު އަނެއް ދުވަހު ބައިތުލް މަޤްދިސްއަށް ގޮސް، އެމީހުން ސާފުތާހިރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެމީހުންނާއި އެކު ބައިވެރިވިއެވެ. އަދި އެމީހުން މި ކަންތައްތައް ކޮށް ނިމޭދުވަހު އޭގެން ކޮންމެ މީހަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރާނެ ކަން ވެސް، ޕައުލް އެންމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އިޢުލާން ކުރިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަންދޫބުންގެ މަސައްކަތް 21:26
6 ပူးပေါင်းရင်းမြစ်များ  

މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.


މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ.


އަޅުގަނޑާއި މެދު ދަޢުވާކުރާ މީހުން ބައިތުލް މަޤްދިސްގައި އަޅުގަނޑު ސާފުތާހިރު ވުމުގެ ގޮތުން ކުރަން ޖެހޭ ކަމެއް ކުރަނިކޮށް ދެކޭނެ. އެތާކު އަޅުގަނޑުގެ ވަށައިގެން މީހުން އެއްވެފައެއް ނުވޭ. އަދި އެތާކު އެއްވެސް ހަމަނުޖެހުމަކާ ބަޣާވާތެއް ވެސް ނުހިނގާ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ