މަންދޫބުންގެ މަސައްކަތް 21:24 - ކިތާބުލް މުޤައްދަސާ24 މި ހަތަރު މީހުން ގޮވައިގެން ތިޔަބޭފުޅާ ދުރުވެ އެމީހުން ސާފުތާހިރުވުމުގެ ގޮތުން ކުރާ ހުރިހާ ކަމެއްގައި ބައިވެރިވެ އެމީހުންގެ ނަދުރު ފުއްދުމުގެ ގޮތުން އެމީހުންގެ ބޯބޭލުމަށާ އަދި އެހެން ކަންތައްތައް ކުރުމަށް ދާ ޚަރަދު ވެސް އަދާކޮށް ދެއްވާ. އޭރުން އެންމެންނަށް ވެސް ތިޔަބޭފުޅާއާއި ބެހޭ ގޮތުން އެމީހުންނަށް ލިބިފައިވާ ޚަބަރުތަކަކީ ތާކުންތާކު ނުޖެހޭ ދޮގު ވާހަކަތަކެއް ކަން އެނގޭނެ. އެއީ ތިޔަބޭފުޅާގެ އަމިއްލަ ކަންތައްތަކުގައި ވެސް ކަންތައް ކުރައްވަނީ މޫސާގެފާނު އެންގެވި ގަވާއިދުތަކާއި އެއްގޮތަށް ކަން އޭރުން މީހުންނަށް ފެންނާނެ. အခန်းကိုကြည့်ပါ။ |
މިހާރު ވަނީ ފަހަނަޅައި ދިއުމުގެ ޢީދުގެ ދުވަސް ވަރަށް ކައިރިވެފައެވެ. ވީމާ ޖެރޫސަލަމުން ބޭރު ސަރަހައްދުތަކުގެ މީހުން ވަނީ ޖެރޫސަލަމަށް އެއްވެފައެވެ. އެމީހުން އެޢީދު އައުމުގެ ދުވަސްކޮޅެއް ކުރިން އެރަށަށް އަންނަމުން ދަނީ އެޢީދަށް ތައްޔާރު ވުމުގެގޮތުން ސާފުތޯހިރު ވުމަށްޓަކައި ކުރަންވާ ކަންތައްތައް ކުރުމަށެވެ.
އޭގެ ފަހުން ވެސް އެތައް ދުވަހެއްވަންދެން ޕައުލް ކޮރިންތުގައި ހުއްޓެވެ. އަދި އެއަށް ފަހު އީސާގެފާނަށް އީމާންވެގެން ތިބިމީހުންނާއި ހިތްހެޔޮކޮށް އެރަށުން ފުރިއެވެ. ދެން އަކީލާ އާއި ޕްރިސިލާ އާއިއެކު ޕައުލް އެރަށުން ފުރައިގެން، ކަންޚަރިޔާގައި ސޫރިޔާއަށް ދިއުމަށް ދަތުރުކުރާ އޮޑިއެއްގައި ދިޔައެވެ. އަދި އޭގެ ކުރިން ސެންކުރޭގައި ޕައުލް ބަނީއިސްރާއީލުގެ އާދަކާދައިގެ މަތިން އޭނާ ބުނި ނަދުރަކަށް ބޯ ވެސް ބޭލިއެވެ.
ދެން ޕައުލް އެމީހުން ބުނި ގޮތާއި އެއްބަސްވެ، އެ ހަތަރު މީހުންނާއި އެކު އަނެއް ދުވަހު ބައިތުލް މަޤްދިސްއަށް ގޮސް، އެމީހުން ސާފުތާހިރުވުމަށް ކުރަން ޖެހޭ ކަންތައްތައް ކުރުމުގައި އެމީހުންނާއި އެކު ބައިވެރިވިއެވެ. އަދި އެމީހުން މި ކަންތައްތައް ކޮށް ނިމޭދުވަހު އޭގެން ކޮންމެ މީހަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ޤުރުބާނެއް ކުރާނެ ކަން ވެސް، ޕައުލް އެންމެންގެ ކުރިމަތީ ބައިތުލް މަޤްދިސްގައި އިޢުލާން ކުރިއެވެ.
ޔާމިޒު ފޮނުވައިގެން އެރަށަށް އައި މީހުން އައުމުގެ ކުރިން ޕަތަރަސް ބަނީއިސްރާއީލު މީހުން ނޫން މީހުންނާއިއެކު އެއްސުފުރާމަތީ ކައި އުޅުނެވެ. ނަމަވެސް ހަމަ މިމީހުން އައުމާއިކު އޭނާ އެފަދައިން ކަންކުރުން ހުއްޓާލިއެވެ. އެއީ މިޤަވާއިދު ބޮޑު ޚިތާނު ކުރުމަކީ މަޖުބޫރުކަމެއް ކަމުގައި ދުށް މީހުންދެކެ ޕަތަރަސް ބިރުގަނެ އެމީހުން ބުނެފާނެ އެއްޗަކާއިމެދު ޖެހިލުން ވީތީއެވެ.