މަންދޫބުންގެ މަސައްކަތް 21:22 - ކިތާބުލް މުޤައްދަސާ22 ހަމަ ޔަޤީނުން ވެސް ތިޔަބޭފުޅާ މި ރަށަށް ވަޑައިގެންވި ކަން އެމީހުންނަށް އެނގޭނެ. އޭރުން ދެން އަޅުގަނޑުމެން ހަދާނީ ކިހިނެއް؟ အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނުގެ މަންދޫބުންނާ އަދި އީސާގެފާނުގެ ޖަމާޢަތުގެ ބޮޑުންނާ އަދި މުޅި ޖަމާޢަތުގެ އެންމެންނާ ވާހަކަދައްކާ ނިންމީ އެ ޖަމާޢަތުން ވަކި ބަޔަކު ކަނޑައަޅާ އެމީހުން ޕައުލް ބަރުނައްބާސް އާއި އެކު އަންތީޔޮކުއަށް ފޮނުވުމަށެވެ. މިގޮތުން އެމީހުން ކަނޑައެޅީ މުޅި ޖަމާޢަތުގައި ވެސް އެމީހުންނާއި ދޭތެރޭ މީހުން އިޙުތިރާމު ކުރާ ދެމީހުން ކަމުގައިވާ ބަރުސައްބާސް އާއި ސިލާހު އެވެ. (މި ބަރުސައްބާސްގެ އަސްލު ނަމަކީ ޔުދާސްއެވެ.)
އޭރު އެ ތާގައި އެންމެން ހަޅޭއްލަވަމުން ދިޔައެވެ. އެއްބަޔަކު އެކައްޗެއް ގޮވާ ހަޅޭއްލަވަމުން ދިޔައިރު އަނެއްބަޔަކު އަނެއް އެއްޗެއް ކިޔާ ހަޅޭއްލަވަމުން ދިޔައެވެ. މުޅި ތާގައި ވަނީ ހަމަނުޖެހުމާއި އޮޅުންބޮޅުމެވެ. އެތާނގައި ތިބި ގިނަބަޔަކަށް އެމީހުން އެތަނަށް އެއްވެގެން މި އުޅެނީ ކީއްވެކަން ވެސް އޮޅުން ނުފިލައެވެ.